ވަޒީރު އަބްދުﷲ ރާފިޢު ވިލިނގިލި ކައުންސިލާއި އެމްޕީ އާޒިމް އާއި ބައްދަލުކުރައްވައިފި ސިހުރު ހެދިކަމަށް ބުނާ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރޭ: ފުލުހުން ޑަބްލިއުޑީސީ އާއި ގއ.އެފްސީއެސްސީ ގުޅިގެން ސުވާލު މުބާރާތެއް ބާއްވާއިފި ވޯޓުން ތަޅައި

ގއ.އަތޮޅު ވިލިނގިލިން ރޭ ނިޔާވި އަންހެން މީހާ އާއި ކުޑަ ދަރިފުޅު ނިޔާވެގެން ދިޔައީ އަތޮޅުން އެކަށީގެންވާ ސިއްޙީ ފަރުވާ ލިބެންނެތުމުން ކަމަށް އަންހެންމީހާގެ އާއިލާއިން ބުނެފިއެވެ.
ގއ ވިލިނގިލީ، ޒަމާނީވިލާ ޝިއުނާ ތައުފީގާއި ދުވަސް ނުފުރި ވިހެއި ކުއްޖާ ނިޔާވުމުގައި ސިއްހީ ނިޒާމުގައި ހުރި ގިނަ މައްސަލަތައް ވަނީ ފާހަގަ ކުރެވިފައެވެ.
އާއިލާއިން ބުނި ގޮތުގައި ޝިއުނާ ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހުގެ ރޭ ކަމަށާއި އަރިދަފުސް އަޅައި ނޭވަޔަށް އުނދަގޫ ވާތީ ކަމަށެވެ. އޭރު ޝިއުނާގެ ބަނޑަށް ކިރިޔާ 8 މަސް ފުރުނީއެވެ.
“އެރޭ ޝިއުނާ އުޅުނީ ވަރަށް ބޮޑަށް ނޭވާލާން އުނދަގޫވެގެން. އޮށޯވެގެން ވެސް ނޯވެވޭ. މުޅި ރޭގަނޑު ކަހަލަ ގޮތަކަށް ހަމަކޮޅަށް ހުރީ. އޮކްސިޖަން ލެވެލް ވެސް ދިޔައީ އިރެއް އިރަކަށް ދަށްވަމުން. ހޮސްޕިޓަލުން ދިޔައީ އެތަނުން ދެވެން ހުރި ފަރުވާއެއް ދެމުން. ދެން އިއްޔެ މެންދުރެއްހައި އިރު އަންހެނުންގެ ޑޮކްޓަރު ބަލާފައި ބުނީ އިތުރަށް އެގޮތަށް ބަލިމީހާ ބާއްވަން ވެއްޖެއްޔާ މައިމީހާއާއި ކުޑަ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާނެ ކަމަށް. އެހެންވެ ބެލީ އިމަޖެންސީގައި ސިޒޭރިއަން ހަދަން. އެކަމަކު ގއ. އަތޮޅުގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތީމަ ގދ.ތިނަދޫއިން ޑޮކްޓަރަކު ގެންނަން ދެން ވެސް މަޑު ކުރަން ޖެހުނު. އަދި އިމަޖެންސީގައި އިއްޔެ ހަވީރު ސިޒޭރިއަން ހަދައި ދަރިފުޅު ނެގިނަމަވެސް ހޮސްޕިޓަލްގައި އެންއައިސީޔޫއެއް ނެތުމުން ދަރިފުޅަށް ބޭނުންވާ ފަރުވާ ދެވޭނެ ގޮތެއްނެތް” އާއިލާއިން ކިޔައިދިނެވެ.
ސިޒޭރިއަނަށް ފަހު ޝިއުނާ އާއި ދަރިފުޅުގެ ހާލުސީރިއަސްވެ އިތުރު ފަރުވާއަށް މާލެ އަށް ފޮނުވާލުމަށް ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް އެއަރ އެމްބިޔުލަންސް ގްރައުންޑް ވެފައި އޮތުމުން އަވަސް ފަރުވާގައި ދެމައިން މާލެ ފޮނުވޭނެ ގޮތް ނުވެވުނެވެ.
” ދެން ބެލީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްގެން ގެނައުމަށް. އާސަންދަ ހަމަޖެހި ފްލައިޓް އަންނަން ގިނަ ވަގުތުތަކެއް ނެގި. އަދި ފުރުވަން ބަލިމީހާ އާއި ދަރިފުޅު ކޫއްޑޫއަށް ގެންދިޔައިރު މޯލްޑިވިއަންގެ ފްލައިޓްގައި ވެންޓިލޭޓަރ ހަލާކުވެފައިވާތީ ރަންވޭގައި 2 ގަޑި އިރު ބަލިމީހާ މަޑުކުރުވަން ޖެހުނު. އެތަނުގައި ތިބެގެންވެސް ނަރުހުންނާއި ޑޮކްޓަރުން ދިޔައީ ބަލިމީހާއަށް ދެވެން އޮތް ފަރުވާއެއް ދެމުން. ޝިއުނާ ނިޔާވީ އެކަށީގެންވާ ފަރުވާ ލިބޭނެ ގޮތެއް ނުވެ އެއާޕޯޓުގައި” އާއިލާއިން ކިޔައިދިނެވެ.
މޯލްޑިވިއަންގެ ފްލައިޓްގައި ވެންޓިލޭޓަރު ހަލާކުވެފައިވާ ކަމަށް ބުނުމުން އަލުން ލޯންޗުގައި ވިލިގިއްޔަށް ގޮސް ހޮސްޕިޓަލުން ވެންޓިލޭޓަރެއް ކުއްޑޫއަށް ގެންދިޔައީއެވެ. ނަމަވެސް އެ ދެމެދުގައި ފަރުވާނުދެވި އޮކްސިޖަން ދަށްވެ ބަލިމީހާ ނިޔާވީއެވެ.
“ފްލައިޓުން ގެން ދެވޭ ވަރަށް ވުރެ ބަލިމީހާގެ ހާލު ދަށްވުމުން ދަރިފުޅު ސަލާމަތްކުރެވޭތޯ މޯލްޑިވިއަންގެ ފްލައިޓުގައި ދަރިފުޅު މާލެ ފޮނުވީ. އެކަމަކު މާލެ ގެންގޮސް އެންއައިސީޔޫއަށް ގެންދެވުނުއިރު ދަރިފުޅު ނިޔާވެފައިވާ ކަމަށްވެސް އާއިލާއިން ކިޔައިދިނެވެ.
މި މައްސަލައާއި ގުޅުވައިގެން ގއ. އަތޮޅު ހޮސްޕިޓަލުގައި ޝިއުނާއަށް ފަރުވާދިން އެތެރެހަށީގެ ޑޮކްޓަރު ރޭ ފަތިހު ވަނީ މާލެ ފޮނުވާލާފައިކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ޑޮކްޓަރަކީ މީގެ ކުރިން ވެސް މި ފަދަ އިހުމާލު ތަކުގައި މައްސަލަ ދިމާވެފައިވާ ޑޮކްޓަރެއް ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.
“މިކަމާއި ބެހޭ ގޮތުން ގއ ހޮސްޕިޓަލްގެ މެނޭޖަރާ ބައްދަލުކުރަން އާއިލާއިން ބޭނުންވޭ. އެކަމަކު މެނޭޖަރާއި ބައްދަލު ވެވޭނެ ގޮތެއްނެތިގެން އަދި ވެސް މި ތިބީ. މެނޭޖަރު ގެ ޚަބަރެއް ނުވޭ ބަލިމީހާ ނިޔާވީއްސުރެ. ޢާއިލާއިން ބޭނުންވާ އެއްވެސް މައުލޫމާތެއް ލިބޭގޮތް ނުވެފަ މިތިބީ” އާއިލާއިން ކިޔައިދިނެވެ.
ޝިއުނާ ނިޔާވުމާއި ގުޅިފައިވަނީ ގއ.އަތޮޅުގެ ސިއްޙީ ނިޒާމުގައިހުރި ގިނަ ގުނަ މައްސަލަތަކެވެ. ބޮޑު އާބާދީއަކަށް ޚިދުމަތްދޭ އަތޮޅު ހޮސްޕިޓަލެއްގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމާއި އެންއައިސީޔޫ އެއް ނެތުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މީގެ އިތުރުން އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހޭ ޙާލަތްތަކުގައި އެފަދަ ޚިދުމަތް އަވަސްކަމާއި އެކު ދެވެން ނެތުން އެއީ އަތޮޅުގެ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ