އަހުރެން ކިޔަވައިދޭ މިސްކިތުގައި ހިންގާ ޙިފްޡް ކްލާހުން އެންމެ މަތިން ކޮންމެ ފަހަރަކުވެސް ފާސްވަނީ ދެބެއިންނެވެ. އެދެބެއިންގެ ބައްޕައަކީ ޓެކްސީކުރާ މީހެކެވެ. އެހެންވެ ބައްޕައާއި ބައްދަލުކޮށް ބައެއް ސުވާލުތައް ކުރުމުން ބައްޕަ ކިޔައިދިނެވެ.
"އަހުރެންނަކީވެސް ޓެކްސީކޮށްގެން ދިރިއުޅޭ މީހެކެވެ. އެކަމަކު އަހުރެން ަމސައްކަތްކުރަނީ އެހެން މީހުންނާއި ތަފާތު ގޮތަކަށެވެ. މުޅި ދުވަސް ނޫނީ މުޅި ރޭގަނޑު މަސައްކަތެއް ނުކުރަމެވެ. އަހުރެން މަސައްކަތްފަށަނީ ކުދިން ގެންގޮސް ސްކޫލަށް ލައިފައެވެ.
ސްކޫލް ނިމުނީމާ ކުދިންގެންގޮސް ގެއަށްލުމަށްފަހަކު މަސައްކަތަކު ނުދަމެވެ. ދަރިންގެ ކަންކަން ބަލަހައްޓަން ގާތުގައި ހުންނަނީއެވެ. ފިލާވަޅުތައް ދަސްކުރޭތޯ ބަލަމެވެ. ޤުރްޢާން ކިޔަވާތޯ ބަލަމެވެ. ކުދިން ލައްވައި ނަމާދުކުރުވަމެވެ.
އެހެންވެ އަހުރެންނަށް ލިބޭ އާމްދަނީ ތަންކޮޅެއް މަދެވެ. ވަނީ ކިރިޔާ ދިރިއުޅެލެވޭ ވަރެވެ. އެކަމަކަށް ކަންބޮޑެއް ނުވަމެވެ. މިސްކިތުގެ ކްލާހުގެ އިތުރުން ސްކޫލުގެ ކްލާހުންވެސް އެކުދިން ރަނގަޅުވަނަތައް ހޯދައެވެ. ފައިށާ އިތުރުވުމަށްވުރެ އެކަމުން ލިބޭ ހިތްހަމަޖެހުން އަހުރެންނަށް މާބޮޑެވެ!"
އަހުރެން ޙައިޜރާންވީމެވެ. އަދި އޭނާއަށް ހިތްވަރުދީ ހެޔޮދުޢާކުރީމެވެ. އަހުރެން ބުނެލަން ބޭނުންވަނީ ފައިސާ ކިތަންމެ ބޭނުންވިނަމަވެސް ދަރިންގެ ކަންކަން ބަލަހައްޓާނެ ވަރަށް ވަޤުތު ނުލިބޭނެ ގޮތަށް މަސައްކަތްނުކުރާށެވެ! ދަރިންނަށް ކިޔަވައިދީ ތަރުބިއްޔަތުކުރުމަށްވުރެ ބޮޑު ސޭވިންގސްއެއް ދުނިޔެއަކުވެސް ނުލިބޭނެއެވެ. ޤިޔާމަތްދުވަހުވެސް އެކަމުގެ ފައިދާ އިންތިހާއަށް ކުރާނެއެވެ. އިން ޝާ ﷲ
- މަޢުލުމާތު: ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން
ބައްޕައިންނަށް ޝެއާކޮސްލުން މުހިންމު!: ޙިފުޡް ކްލާހުން ކޮންމެ ފަހަރަކު އެންމެ މަތިން ފާސްވާ ޓެކްސީ ޑްރައިވަރުގެ 2 ދަރިންނަށް އެކަން ޙާޞިލުކުރެވޭ ސަބަބު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ