އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީ އަލުން ބޭއްވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އެ ކޯޓަށް ހުށަހެޅި ތިން މައްސަލައިގައި ވެސް އެދިފައި ވަނީ އެމްޑީޕީގެ ޕްރައިމަރީ ބާތިލު ކޮށްދިނުމަށެވެ. އެއިގެ ތެރެއިން އެއް މައްސަލަ ބަލައިގެންކަން، ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
ސިވިލް ކޯޓަށް ބަލައިގަނެފައިވަނީ އަލީ އަމްޖަދު ހުށަހެޅުއްވި މައްސަލައެވެ. މި މައްސަލާގައި ސިވިލް ކޯޓުގައި އޭނާ ތަމްސީލުކުރަނީ ދަ ލިޓިޖަންޓްސް އެލްއެލްޕީިންނެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ 28 ފެބްރުއަރީގައެވެ.
ޕްރައިމަރީ ބާތިލުކުރަން ހުށަހަޅާފައިވަނީ އެ އިންތިހާބު ބާއްވާފައިވަނީ ޕާޓީން ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއްކަމަށްވާއިރު، ގައުމީ މަޖިލީހުން ނިންމައިގެން 39،000 މެންބަރުން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ.
އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަން ހުށަހެޅި މައްސަލައެއް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ