ގާސިމް، ރައީސް ނަޝީދު އަދި ނާޒިމްގެ ބައްދަލުވުން ކުރިއަށްދަނީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް އާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ބައްދަވުމެއް ކުނޫޒުގައި ފަށައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓޭރިއޭޓް ކުރެއްވި ޓްވީޓެއްގައި ވަނީ ޖޭޕީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް އާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމްގެ ބައްދަލުވުމެއް ޖޭޕީގެ މައި އޮފީސް މ. ކުނޫޒްގައި މިހާރު ކުރިޔަށްދާ ކަމަށެވެ.
މި ބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާތައްކުރެއްވުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް ކަމަށް ސެކްރެޓޭރިއޭޓް ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.
މި ބައްދަލުވުން ފެށީ މިިއަދު 13:30 ގައެވެ.
މި ތިން ބޭފުޅުންގެ ބައްދަލުވުން މިހާރު ކުރިއަށްދާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، އޮނަރަބަލް ޤާސިމް އިބްރާޙީމްގެ އަރިހަށް ވަޑައިގެން ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި މަޖިލީހުގެ ތެރެއިން މަސަކަތް ކުރުމުގައި ދެ ޕާޓީ ގުޅިގެން ކުރިއަށް ދާނެގޮތްތަކާމެދު މީގެ ކުރިންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާވެސް ޖޭޕީގެ ލީޑަރު ވަނީ ބައްދަލުކުރައްވާ މަޝްވަރާތަކެއްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ