ޢާއިޝަތު ރަފާޙް ޢަލީ
ހޫދު ޢަލައިހިއްސަލާމް ވަޑައިގަތީ ނޫޙް ޢަލައިހިއްސަލާމްގެ ފަހުގައެވެ. އަދި ހޫދުގެފާނުގެ ޤައުމުގެ މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށާއި، ބުދުތަކަށް އަޅުކަންކުރުން ދޫކޮށްލުމަށް ގޮވާލެއްވިއެވެ. ނަމަވެސް އެޤައުމުގެ މީހުން އެކަން އިންކާރުކުރިއެވެ. ދެން ﷲ ތަޢާލާ އެމީހުންނަށް ގަދަ ވައިރޯޅިއެއް ފޮނުއްވިއެވެ. އަދި ހޫދު ޢަލައިހިއްސަލާމް އާއި އެކަލޭގެފާނަށް އީމާންވި ކޮންމެ މީހަކު ސަލާމަތް ކުރެއްވެވިއެވެ.
ﷲ ތަޢާލާ އަޢްރާފް 65 އަދި 66 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۚ أَفَلَا تَتَّقُونَ ﴿٦٥﴾ قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ ﴿٦٦﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ (65) އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ. (66)"
ހޫދުގެފާނުގެ ވާހަކަ-: އަލްއައްރާފް ސޫރަތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ