ބިލުގެ ބޭނުމަކީ ނޫސްވެރިކަން މަރާލުން، އިސްލާހުކޮށްގެން ވެސް ބޭނުންކުރެވޭކަށް ނެތް: ޞާލިޙު
ރައްޔިތުންގެ މަޖިލީހަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މިހާރު ހުށަހަޅާފައި އޮތް ބިލުގެ ބޭނުމަކީ ނޫސްވެރިކަން މަރާލުން ކަމަށާއި އެ ބިލް އިސްލާހުކޮށްގެން ވެސް އެއްވެސް ވަރަކަށް ބޭނުންނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ. މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލަށް ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ތާއިދުކޮށްފައިވާއިރު، ބިލުގެ ދިރާސާގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަންނަނީ ކުރަމުންނެވެ. މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ނޫސްވެރިން: ޞާލިހު ވަނީ، މީޑިއާ ބިލުން އުޅެނީ ނޫސްވެރިކަން މަރާލަން ކަމަށް ވިދާޅުވެފައި --- ސަން ފޮޓޯ/ މާނިއު މުހައްމަދު އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ޞާލިޙު ވިދާޅުވީ، މިއަދު ކުރިމަތީގައި އޮތް އެންމެ ބިރުވެރި އެއް ކަމަކީ ނޫސްވެރިކަން ނައްތާލުމަށް 'ސަރުކާރުން' ބިލެއް ހުށަހަޅާފައި އޮތުން ކަމަށެވެ. ޞާލިޙު ވިދާޅުވި ގޮތުގައި، އެބިލުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނޫސްވެރިކަން ގެނެސް، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ހޯދުމެވެ. [މީޑިއާ ބިލުގެ ބޭނުމަކީ] ޖުމްލަކޮށް ހުރިހާ ނޫސްތަކަށް ފިޔަވަޅު އެޅުމުގެ ބާރު ސީދާ ރައީސުލްހުރިއްޔާގެ އަތްޕުޅަށް ނެންގެވުން. ނޫސްވެރިކަމަކީ ރާއްޖޭގެ ޑިމޮކްރެސީގައި އޮތް އެންމެ މިނިވަން ބާރު. މިއަދު އެ މަސައްކަތް ކުރަނީ ނޫސްވެރިކަން މަރާލަންކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޞާލިހާއި އެޕާޓީގެ އިސްވެރިން: ޞާލިހު ވިދާޅުވީ، މީޑިއާ ބިލުން އުޅެނީ ނޫސްވެރިކަން މަރާލަން ކަމަށް ---- ސަން ފޮޓޯ/ ހާފިޒު އެ ބިލު އަނބުރާ ގެންދިޔުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވައި، ޞާލިހު ވަނީ، އެ ބިލު އިސްލާހުކޮށްގެން ބޭނުންކުރެވޭނެ އެންމެ ތަންކޮޅެއް ވެސް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި، ނޫސްވެރިކަމުގެ ހައްގުގައި އެމްޑީޕީން ނިކުންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/210744 މީޑިއާ ބިލާ ގުޅޭ ކަންބޮޑުވުންތައް ޞާލިޙް ފާހަގަކުރެއްވިއިރު، ބިލާ ގުޅޭގޮތުން މަޝްވަރާކުުރުމަށް އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ހާޒިރުކޮށް، މިއަދު ވަކިވަކި ނޫސްތަކާ ވެސް ކޮމިޓީން ބައްދަލުކުރިއެވެ. އެ ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް ވަގުތުން ބޭރުކޮށްލުމަށް ނޫސްވެރިންނާއި މީޑިއާ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. މި ބިލުގައި އޮތީ: މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކަމަށްވާއިރު، ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ