ބައެއް ސައިޓްތަކުން ކުރާ ވިޔަފާރިތަކުން ބީއެމްއެލް އަށް 30 ޕަސެންޓްގެ ފީއެއް ނަގަނީ
އޮންލައިން ވިޔަފާރި ކުރުމަށް އާންމުކޮށް ބޭނުން ކުރާ ވެބްސައިޓުތަކަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޑް ކާޑުން ފައިސާ ދައްކާނަމަ %30ގެ ފީއެއް ނަގަން ނިންމައިފި އެވެ.ބީއެމްއެލް އިން މިކަން ހާމަކުރީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާ އިން ފެށިގެން ބޮޑުކުރަން ނިންމިކަން ހާމަކޮށް ނެރުނު ޕްރެސް ރިލީޒްގަ އެވެ.އެ ގޮތުން ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން "މަދު ސައިޓްތަކުން" ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުންކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.މި ގޮތަށް ފާހަގަކުރެވޭ ބައެއް "މަދު ސައިޓްތަކުން" ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީ އެއް ނެގޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.30 ޕަސެންޓާ ހަމައަށް ފީ ނަގާ ސައިޓްތައްޓީމޫޝީއިންއަލިބާބާއަލި އެކްސްޕްރެސްލަޒާޑާއީބޭމި ސައިޓުތަކުން ވިޔަފާރި ކުރާއިރު މިހާތަނަށް ބީއެމްއެލް އަށް ފީއެއް ނުނަގަ އެވެ.އެކަމަކު، އެ ބޭންކުން ބުނީ، ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ