އިންޑިއާ ހައިކޮމިޝަނާއި ޓޫއޮފް އަސް ގުޅިގެން މިރޭ އޮލިމްޕަސް ބެކްޔާޑުގައި މިއުޒިކް ޝޯއެއް

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ރާއްޖޭގެ ބޭންޑު "ޓޫއޮފް އަސް" ގުޅިގެން މިރޭ އޮލިމްޕަސް ބެކްޔާޑުގައި މިއުޒިކް ޝޯއެއް ބާއްވައިފިއެވެ. އޮލިމްޕަސް ބެކްޔާޑުގައި މި ޝޯ ފެށީ މިރޭ 08:15ގައެވެ. ރެސޮނޭޓިން ރިދަމްސްގެ ނަމުގައި ބާއްވާ މި ޝޯއަކީ، މި މަހުގެ 21ގައި ފާހަގަކުރާ ދުނިޔޭގެ މިއުޒިކް ދުވަހާ ގުޅިގެން ބާއްވާ ޝޯއެކެވެ. އެގޮތުން، މިރޭގެ ހަރަކާތުގައި އިންޑިއާއާއި ރާއްޖޭގެ މިއުޒިކް ދާއިރާގެ ފަންނާނުންގެ ޕެނަލް ޑިސްކަޝަނެއް އޮންނައިރު، މި ޝޯގައި ހިންދީ އަދި ދިވެހި ލަވަތައް ލައިވްކޮށް ހުށަހަޅައިދޭނެއެވެ. މި ހަފްލާގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަން ބައިވެރިވެވަޑައިގަންނަވާނެއެވެ. ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްއިން ހޯދި ތާރީޚީ ކާމިޔާބީއާއެކު، ޓޫ އޮފް އަސްއިން އަންނަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދައި، ރާއްޖޭގައި ވެސް ބޭރުގެ ބޭންޑުތަކަށް ދޫނުކުރާނެ ފަދަ ހުނަރުވެރިން ތިބިކަން ދައްކަމުންނެވެ. ޓޫ އޮފް އަސް ބޭންޑުގައި ހިމެނެނީ އަޙްމަދު އަދުހަމާއި، ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ. https://sun.mv/207982 އެބޭންޑުން ވަނީ، ބްރިޓަންސް ގޮޓް ޓެލެންޓް ޝޯގައި ހުނަރު ދައްކާލުމަށް ފުރުސަތު ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ