އެމްއައިބީ ގެސްޓް ހައުސް ސިންޕޯސިއަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް އިސްލާމިކް ބޭންކުން އަންނަ އޮކްޓޫބަރު ދެވަނަ ދުވަހު ބާއްވާ ގެސްޓް ހައުސް ސިންޕޯސިއަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. އެމްއައިބީގެ ގެސްޓް ހައުސް ސިންޕޯސިއަމްއަކީ މިދިޔަ އަހަރު އެބޭންކުން ފުރަތަމަ ފަހަރަށް ބޭއްވި ސިންޕޯސިއަމެކެވެ. މިއަހަރު މި ސިމްޕޯސިއަމް އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އެމްއައިބީ ގެސްޓްހައުސް ސިންޕޯސިއަމްއަކީ ގެސްޓްހައުސް ވިޔަފާރިތަކަށް އެއް ފުރާޅެއްގެ ދަށުން ގިނަ ކަންކަމާއި މަޝްވަރާކޮށް ހައްލުތަކެއް ހޯދޭނެ ގޮތަށް ފަރުމާ ކުރެވިގެން ކުރިއަށްދާ ސިންޕޯސިއަމްއެކެވެ. މި އަހަރުގެ ސިންޕޯސިއަމްގައި ކަމުގެ ތަޖުރިބާކާރުން މުހިންމު ކަންމަކާމެދު މަޝްވަރާކޮށް ތަޖުރިބާ ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ. އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކު ކަމަށްވާއިރު، އެ ބޭންކުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް ރާއްޖޭގެ ބޭންކިން ނިޒާމަށް އިނގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ