ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ތިން ކޯހެއް ހިންގުމަށް ހަޔާ އެޑިއުކެޝަން މިނިސްޓްރީއާއި އަމިއްލަ 3 ފަރާތަކާއެކު ސޮއިކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކޯސްތަކަކީ ކޮވިޑުގެ ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ހައްސަކޮށްގެން ހިންގާ ”ސްކިލްސް ފޯ އަ ރެޒީލިއަންޓް ވޯކްފޯސް“ގައި ހިމަނައިގެން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެއް ކަމަށެވެ.
އެ ކޯސްތައް ހިންގުމަށް ސޮއި ކޮށްފައި ވަނީ ކައިރިކްސް ކޮލެޖާއި، ވިލާ ކޮލެޖާއި މޯލްޑިވްސް އިންސްޓިޓިއުޓް އިފް ޓެކްނޮލޮޖީއާއެކުއެވެ. އަދި އެ ފަރާތްތަކާއެކު ސޮއިކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ކޮލެޖުތަކުން ހިންގަން ހަމަޖެހިފައިވާ ކޯސްތަކަކީ ”ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިން“ އާއި ”ނެޝަނަލް ސެޓިފިކެޓް 3 އިން އައިޓީ ޓެކްނީޝަން“ އާއި ”ނެޝަނަލް ސެޓިފިކެޓް 3 އިން ސްވަރޭޖް އޮޕަރޭޝަން އެންޑް މެއިންޓެނެންސް“އެވެ.
އެ ތިން ޕްރޮގްރާމްގައި ޖުމްލަ 145 ދަރިވަރުން ތަމްރީނުވެގެން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރު ކުރެވޭނެއެވެ. އަދި އެ ކޯސްތަކުން ތަމްރީނުވާ 33 ޕަސަންޓު ކުދިންނަކީ އަންހެން ކުދިން ކަމުގައި ހެދުމަކީވެސް އަމާޒެކެވެ.
”ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯރކްފޯސް“ އަކީ ސަރުކާރުން އިސްނަގައިގެން ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށިގެންދާއިރު އެކި ސިނާއަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފަށާފައިވާ ހާއްސަ ޕްރޮގްރާމެކެވެ.
ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ތިން ކޯހެއް ހިންގުމަށް އަމިއްލަ ފަރާތްތަކަކާއެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ