ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްރައިމަރީ ބާއްވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި ޕްރައިމަރީގައި ބައިވެރިވާން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެމްޑީޕީގެ އިންތިޚާބުތަކުގެ މެއިލް އެޑްރެސް ކަމުގައިވާ، elections@mdp.org.mv އަށް މެއިލް ކުރަން އެ ޕާޓީގެ ސެކްރެޓޭރިއަޓުން އެދިފައިވެއެވެ.ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމުންނެވެ.ކެންސަރުގެ އާލާސްކަންފުޅެއްގައި ހުސެއިން ވަހީދު އަވަހާރަވީ އުމުރުން 53 އަހަރުގައި އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާ ތަމްސީލް ކުރެއްވި ހުސައިން ވަހީދަކީ އެ ދާއިރާއަށާއި އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ