ހަމައަށް މާކްސް ނުލިބުނަސް އެސްއޯއީތަކުގެ ޗެއާޕާސަންގެ މަގާމަށް މީހުން އައްޔަން ކުރެވޭ ގޮތަށް ހަދައިފި ހަމައަށް މާކްސް ނުލިބުނަސް އެސްއޯއީތަކުގެ ޗެއާޕާސަންގެ މަގާމަށް މީހުން އައްޔަން ކުރެވޭ ގޮތަށް ހަދައިފި

ސަރުކާރު ކުންފުނިތަކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރާ މީހުންނަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ އިންޓަވިއުއިން 60 ޕަސަންޓު މާކްސް ނުލިބުނު ނަމަވެސް މަގާމަށް އައްޔަން ކުރެވޭ ގޮތަށް ގެ އުސޫލު ބަދަލުކޮށްފި އެވެ.
ކުރިން އޮންނަ ގޮތުން، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ މީހުންނާއި ޕީސީބީން ކުރާ އިންޓަވިއުއިން ކޮންމެހެން ވެސް 60 ޕަސަންޓު މާކްސް ހޯދަން ޖެހެ އެވެ. ނަމަވެސް އާ އުސޫލުގެ ދަށުން 60 ޕަސަންޓު މާކްސް ނުލިބުނު ނަމަވެސް ޗެއާޕާސަންގެ މަގާމަށް އައްޔަނު ކުރެވޭ ގޮތަށް ވަނީ މަގު ކޮށައިދީފަ އެވެ.
އުސޫލަށް އިތުރުކޮށްފައި ވަނީ ލެވެލް ހަތެއްގެ ސަނަދަކާއި އެކި ވިޔަފާރި އާއި ގުޅުންހުރި ދާއިރާއަކުން ފަސް އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ނަމަ ޗެއާޕާސަންގެ މަގާމަށް އެމީހަކު އައްޔަން ކުރެވިދާނެ ކަމަށެވެ. ނުވަތަ ވިޔަފާރި ހިންގާ ބެލހެއްޓުމުގެ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބުމުން ވެސް ޗެއާޕާސަންގެ މަގާމަށް އެމީހަކު އައްޔަނު ކުރެވިދާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
މީގެއިތުރުން އުސޫލަށް އިތުރުކުރީ ތަފާތު ވިސްނުމާއި ތަޖުރިބާ އާއި ގާބިލިއްޔަތުކަން ހުރި ޑިރެކްޓަރުންގެ ބޯޑެއް އެ ބޯޑުގެ ޒިންމާތަކާއި ހައްގުތަކާއި ވާޖިބުތަކަށް އުނިކަން ނާންނަ ގޮތެއްގެ މަތިން މެނޭޖު ކުރުމުގެ ގާބިލުކަން ހުރުމާއެކު، ކުންފުނިން ކުރާ ވިޔަފާރި ތަރައްގީ ކުރުމަށާއި ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން ކަންތައްތައް ރާވައި ބައްޓަން ކުރުމުގައި ހިއްސާ ކުރެވޭނެ މީހެއްކަން ބެލުމަށް ކުރާ އިންޓަވިއު އިން ފާސްވުމެވެ.
ޕީސީބީން ބުނީ ޗެއާޕާސަން އައްޔަނުކުރުމުގައި ބަލާ މިންގަނޑަށް ބަދަލުތައް ގެނައީ އެ އުސޫލު އިތުރަށް ހަރުދަނާކޮށް ބޯޑުތަކަށް އައްޔަނު ކުރެވޭ މީހުންނަކީ އެންމެ އެކަށީގެންވާ، ގާބިލު ބައެއްކަން ކަށަވަރު ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ޕީސީބީން ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެސްއޯއީތަކުގެ އެކައުންޓްސް އެންޑް ފައިނޭންސް ޑިރެކްޓަރުން އައްޔަނުކުރުމުގެ އުސޫލަށް ލުއިތަކެއް ދީފަ އެވެ.
މިގޮތުން އުސޫލު ބަދަލުކުރީ އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށް ނުވިޔަސް އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ތަޖުރިބާ ހުރިނަމަ އެކައުންޓްސް އެންޑް ފައިނޭންސް ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ