މޫސުން ގޯސްވެ އެމްޑީޕީ ޖަލްސާ ފަސްކޮށްފި، ބާތުޝާހު ވެސް ނުފުރާ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ފަސްކޮށްފި އެވެ.
ޖަލްސާ ފަސްކުރީ މިއަދު މޫސުން ވަރަށް ބޮޑަށް ގޯސްވުމުންނެވެ.
ކުޅުދުއްފުށީގައި އޮންނަ ބޮޑު ޖަލްސާއަށް މިރޭ ބާދުޝާހު ބޯޓުން ގިނަ ބަޔަކު މާލެއިން ފުރަން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އެެ ދަތުރު މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ ފަސްކޮށްފަ އެވެ.
އެމްޑީޕީން ބުނީ ދަތުރަށް ފުރާ ގަޑި ފަހުން ހާމަކުރާނެ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭގެ ޖަލްސާ ފަސްކުރި ނަމަވެސް މޫސުން ތަންދޭނަމަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޖަލްސާ އޮންނާނެ ކަމަށެވެ.
ކުޅުދުއްފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ ބާދުޝާހް ބޯޓް އޮތީ ދަތުރަށް ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ. ވަށައިގެން އެމްޑީޕީ ދިދަ ޖަހާ ޖަލްސާގެ ޝިއާރު ހިމެނޭ ބޮޑު ބެނާއެއް ދަމާފަ އެވެ.
އެމްޑީޕީގެ ޖަލްސާ ބާއްވަނީ “އެކުގައި ގަދަކޮށް” މި ނަމުގަ އެވެ.
އެމްޑީޕީގެ ޖަލްސާއަށް ރައީސް ސޯލިހާއި ޕާޓީގެ ބައެއް އިސްވެރީން މިހާރު ތިއްބެވީ ކުޅުދުއްފުށީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ