ހަތް މީހުންނާއެކު މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިއްޖެ

ހަތް މީހުންނާއެކު މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ދޯނީގައި ހަތް މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަަށް ވެސް ބުންޏެވެ.
އެ ރިޕޯޓާއި ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާ ނަމަވެސް މިހާތަނަށް ދޯނީގެ އެއްވެސް ހަބަރެއް ނުވާ ކަމަށް ބުންޏެވެ.
މިއަދާ މިރޭ ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ވަނީ ގަދަވެފަ އެވެ. ކަނޑު މަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މޫސުން ގޯސްވެ ބޮޑު ބަޔަކަށް މިހާރު ވެސް އޮތީ ވައިޓްއެލާޓް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ