ގައުމީ މުބާރާތަށް ނުކުންނައިރު ސިފައިން ހާއްސަ އަމާޒެއްގައި، އެކަމަކު ގޮންޖެހުން ބޮޑު ގައުމީ މުބާރާތަށް ނުކުންނައިރު ސިފައިން ހާއްސަ އަމާޒެއްގައި، އެކަމަކު ގޮންޖެހުން ބޮޑު

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަން، އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން ނުކުންނައިރު، އެ ޓީމުގެ ހާއްސަ އަމާޒެއް އެބައޮތް ކަމަށާއި އެކަން ހާސިލްކުރަން ބަލާއިރު، ގޮންޖެހުން ވެސް ބޮޑު ކަމަށް ގަބޫލުކުރާ ކަަމަށް ސިފައިންގެ ޓީމުގެ ކެޕްޓަން، ހުސެއިން ޝާހިދު (ޝާޑު) ބުނެފި އެވެ.
މިދިޔަ އަހަރުގެ ވޮލީބޯޅަ ސީޒަނުގައި ސިފައިންނަށް ލިބުނީ، ގައުމީ މުބާރާތް އެކަންޏެވެ. އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގައި ނިންމާލަން ޖެހުނީ، ކްލަބް އެޗްޑީސީ ފަހަތުން ދެ ވަނައިގަ އެވެ. އެކަމަކު، މި ސީޒަނުގައި ސިފައިން ވަނީ، ފުރަތަމަ ދެ މުބާރާތް، އެސޯސިއޭޝަން ކަޕާއި ލީގު ކާމިޔާބުކޮށްފަ އެވެ.
ސިފައިން މި ފަހަރުގެ ގައުމީ މުބާރާތަށް ނުކުންނައިރު، ތަށި މިލްކުކުރުމުގެ ފުރުސަތު އެބައޮތެވެ. އޭގެ އިތުރުން، ރާއްޖޭގެ ވޮލީބޯޅައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހަދާފައި އޮތް ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް ދެ ފަހަރެއްގެ މަތިން ހާސިލްކުރާ ޓީމަކަށް ވުމުގެ ފުރުސަތު ސިފައިންނަށް އެބައޮތެވެ.
މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވަނީ 2010 ވަނަ އަހަރު ސިފައިންނާއި، 2022 ވަނަ އަހަރު ސްޕޯޓްސް ކްލަބް ސިޓީންނެވެ.
"ސިފައިން ނޫނަސް އާންމުކޮށް ކޮންމެ ޓީމެއް ވެސް އަހަރުގެ މުޅި ސީޒަން ކާމިޔާބުުކުރަން ނުކުންނަ ކަމަށްވިއްޔާ ދެން ހުރި ހުރިހާ ޓީމުތަކެއް އަތުގުޅާލައިގެން މަސައްކަތް ކުރާނެ އެކަން ވިޔަ ނުދޭން. މި ފަހަރު މިހާރު ސިފައިންގެ ޓީމަށް މި އޮތީ މިކަން ލައްވާލައިފައި. ދެން، ސިފައިން މި ނުކުންނަނީ ސިފައިން އެކަނި ތިބިކަން ދަނެގެން ރަނގަޅަށް ތައްޔާރުވެގެން. ހަމަ ގަދަކޮށް މި ނުކުންނަނީ،" އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ސެޓަރު، ޝާޑު، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.
ގައުމީ މުބާރާތުގައި ސިފައިން ކުޅޭ ފުރަތަމަ މެޗުގައި، މިރޭ ކުޅޭނީ ފުރަތަމަ ސެމީގައި، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، ބަލިވެއްޖެނަމަ، ޖެހޭނީ ތިން ވަނަ ސެމީގައި ކުޅޭށެވެ.
ޝާޑު ބުނީ، އެސޯސިއޭޝަން ކަޕްގައި އޮތް ދަޑިމަގު ޓީމަށް ވުރެ މިހާރު އޮތް ޓީމު މާ ރަނގަޅު ކަމަށާއި މެޗު ފަސޭހަނުވާނެ ކަމަށެވެ.
"ދަޑިމަގާ، އަހަރެމެން އެސޯސިއޭޝަން ކަޕްގައި، ކުޅުނު މެޗުގައި، ތިން ސެޓުން މޮޅުވިޔަސް، މިހާރު މި ލީގުގައި ޖެހުނު މެޗުން ފަސް ސެޓުން (ފަސް ސެޓު ކުޅެގެން)، ކިރިޔަ ކިރިޔާ މި މޮޅުވީ، އެ މީހުން، ފުދޭވަރަކަށް ކުރިއަށް ވުރެ ގަދަކޮށް މިހާރު ނުކުމެގެން އެ އުޅެނީ، މާދަމާރޭ (މިރޭ)ގެ މެޗަކީ ވެސް ފަސޭހަ މެޗެއް ނޫން. ޓީމަށް ވެސް އުނދަގޫވާނެ، އެކަމަކު، ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ އެބައޮތް،" ޝާޑު ބުންޏެވެ.
ފާއިތުވި އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް ވޮލީ ސީޒަންގެ ތިން މުބާރާތް ފުލުފުލުގައި އޮތުމުން އޭގެ ދަތިތަކާ ގިނަ ޓީމުތަކުން ކުރިމަތިލާން ޖެހެ އެވެ.
ޝާޑު ބުނީ، ކުޅުންތެރިންގެ މި ވަގުތުގެ ހާލަތަށް ބަލާއިރު، އެވްރެޖްކޮށް ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ވަރުބަލިކަން ފެންނަ ކަމަށެވެ. އަދި، ސިފައިންގެ ޓީމަށް ކުޅެމުން އައި ޕާކިސްތާންގެ ހަމަދު އަށް އަނިޔާވުމުން އޭނާ އަށް ގައުމީ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ޝާޑު ވަނީ ބުނެފަ އެވެ.
"ދެން، ޕާކިސްތާން ކުޅުންތެރިޔާ، ހަމަދު އިންޖަރީވީމަ އަނެއްހެން ޓީމު ފޫބައްދާނުލެވޭ ވަރުގެ އަޑިގަނޑަކަށް އަނެއްހެން ބުނަންޏާ ޓީމު ވެއްޓިފައި އޭނީ، އެހެން ނަމަވެސް، އިތުރު ހިތްވަރަކާ އެކު، އަނެއްކާ ވެސް ކުޅުންތެރިއަކު (ޕޮލިސް ޓީމަށް މި ފަަހަރު ކުޅުނު ޗިރާގް) ޖަހައިގެން، ގައުމީ މުބާރާތުގެ ތަށި މިލްކުކުރަން ސިފައިން ގަދަކޮށް މި ނުކުންނަނީ،" ޝާޑު ބުންޏެވެ.
"ޕޮލިހުގެ ލިބަރޯ ނައިންޓޭ ވެސް ޓީމުގައި ހިމަނާފައިވާނީ، އެ ބައި ވެސް އިތުރަށް ރަނގަޅު ކޮށްލުމަށް،"
ގައުމީ މުބާރާތުގެ ސެމީ ފައިނަލްގައި މިއަދު ހަވީރު ކުޅޭ މެޗުގައި، ހުރާ ކޮމިއުނިޓީ ކްލަބުން ނުކުންނާނީ ކްލަބް އެޗްޑީސީއާ ދެކޮޅަށެވެ. އެއީ، 16:30 ގައި ފަށާ މެޗުގަ އެވެ. އަދި، މިރޭ 20:30 ގައި، ސިފައިންނާއި ދަޑިމަގު ކުޅޭ މެޗު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ