ގދ. ތިނަދޫގައި މިދިޔަ މަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު އަންހެން މީހާ މަރުވެއްެޖެ އެވެ.
ވީ ކިހިނެއް؟ - އެ އެކްސިޑެންޓު ހިނގީ މެއި 27ގައި، ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިންނެވެ. އަދި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ތަފްސީލު - ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ތިނަދޫ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ހަމަ އެ ދުވަހު އެމަޖެންސީގައި މާލެއަށް ގެނެސް، އައިޖީއެމްއެޗްގައި އިތުރު ފަރުވާ ދޭން ފެށި އެވެ.
ނަމަވެސް ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު އިންފެކްޝަން އުފެދި، ހާލު ސީރިއަސްވެގެން އޭގެ ފަހުން ފަރުވާދެމުން އައީ އައިސީޔޫގަ އެވެ.
އޭނާގެ މައްޗަށް ކަށުނަމާދު ކުރާނީ މިރޭ އިޝާ ނަމާދަށް ފަހު މައްޗަންގޮޅި އާސަހަރާ މިސްކިތުގަ އެވެ.
ތިނަދޫ އެކްސިޑެންޓުގައި ހާލު ސީރިއަސްވި އަންހެންމީހާ މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ