މި އަހަރުގެ އަމާޒަކީ ސާޅީސް އިންޖީނުގެ ހުޅުވުން: ފެނަކަ

މިއަހަރު (2020) ގެ އަމާޒަކީ ރާއްޖޭގޭ އެކިރަށްރަށުގައި 40 އިންޖީނުގެ އިމާރާތްކޮށް ހުޅުވުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަމާޒަށް ވާސިލް ވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނިމިގެންދިޔަ އަހަރު އެކުންފުނިންވަނީ ރާއްޖޭގެ އެކިރަށްރަށުގައި 30 އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު އެކުންފުންޏަށް މަސައްކަތް ފެށިފައިވަނީ 27 އިންޖީނުގޭގައެވެ. ސައީދު ވިދާޅުވީ އަނެއް ތިން އިންޖީނުގޭގެ މަސައްކަތް ނުފެށި ލަސްވީ ދިމާވި ކުދިކުދި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެ އިންޖީންގެތަކުގެ މަސައްކަތް ވެސް ފަށްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު މަސައްކަތް ފެށި އިންޖީނުގެތަކުގެ ތެރެއިން މިހާރުވަނީ 5 އިންޖީނުގޭގެ މަސައްކަތް ނިމިފައެވެ. ސައީދު ވިދާޅުވީ އުންމީދު ކުރަނީ މިއަހަރު ކޮންމެ ދެމަހުން އެއްމަހު އިންޖީނުގެއެއް ނިމޭނެ ކަމަށެވެ. އެއަށްވުރެ އަވަހަށް ވެސް އެމަސައްކަތް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާވިދާޅުވިއެވެ.
ސައީދުގެ އެމްޑީ ކަމުގެ ދަށުން ފެނަކަ ވަނީ ފާއިތުވި އަހަރު ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ. މިއަހަރުވެސް އެފަދަ ކާމިޔާބީތަކެއް ތަކުރާރު ކުރުމުގެ މަސައްކަތް އެކުންފުނީން ކުރައްވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ