ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ، ގާޒީ ހައިލަމްގެ މައްސަލައެއް އެ ކޮމިޝަނުން ބަލަން ނިންމީ، މިއަދު ބޭއްވުނު އެކޮމިޝަންގެ 50 ވަނަ ބައްދަލުވުމުގައެވެ.
ޖޭއެސްސީންވަނީ އެ މައްސަލަ ބެލުމަށްޓަކައި ތަޢުދީބީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އިސް ގާޒީ ހައިލްމްއާއި ގުޅޭގޮތުން ހުށައެޅިފައިވާ ޝަކުވާއަކީ ސީދާ ކޮބައިކަމެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިލަމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.
އިސް ގާޒީ ހައިލަމްގެ މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ