އަނިޔާވެރިވި އެކަކަށްވެސް ދޫ ނުދިނުމަށް މެމްބަރު ނާޒިމް ގޮވާލައިފި

އަނިޔާވެރިވި އެކަކަށް ވެސް ދޫ ނުދިނުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގޮވާލައިފިއެވެ.
އެމްޑީޕީ ހަރުގެ ސަރަހައްދުގައި މިރޭ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއީސް ޔާމީނާއި އަނިޔާވެރިވި އެކަކަށް ވެސް ދޫ ދީގެން ނުވާނެކަމަށެވެ.
ނާޒިމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފައިވަނިކޮށެވެ. އަދި ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށްވެސް އެ ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ.
ސްޕްރީމް ކޯޓުގެ އެހުކުމާއި ގުޅިގެން އެމްޑީޕީ ހަރުގެ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ އުފާ ފާލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ