ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ސިފައިންގެ އަތްދަށުގައިވާ ކަމަށް ހެކިދޭ ވީޑިއޯއެއް ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.
ރާއްޖެއެމްވީއަށް ލިބިފައިވާ މި ވީޑިއޯ އިން ފެންނަ ގޮތުގައި ސިފައިންގެ ޔުނީފޯމުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ މުގުރުބުރި އާއި ވެސްޓް ހިފައިންގެ ސުޕްރީމް ކޯޓުގެ މައި ދޮރާށި ކައިރީގައި ހުންނަ ކުޑަ ދޮރާށިން އެ ކޯޓުގެ ގޯތިތެރެއަށް މިރޭ ވަދެފައެވެ. ރާއްޖެއެމްވީގެ ނޫސްވެރިންނަށް ވެސް މި މަންޒަރު ވަނީ ފެނިފައެވެ.
Military personnel entering the Supreme Court of #Maldives tonight #MaldivesInCrisis pic.twitter.com/eQdHUYWaqB
ގިނަ އަދަދެއްގެ ސިފައިން ސުޕްރީމް ކޯޓަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު ގިނަ ބަޔަކު ބުނަމުން ދަނީ މިވަގުތު ސުޕްރީމް ކޯޓު ސަލާމަތީ ހިދުމަތްތައް ވަކިން ހާއްސަކޮށް ސިފައިންގެ އަތްދަށުގައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ނުކޮށް ސިފައިން ވަނީ އެ ކޯޓުގެ ފުރާޅު މަތިން ވަދެ އެ ކޯޓުގެ ދޮރު ވައްޓާލުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބިންމަތީގައި ދަމާ ކޫއްތާފައި ގެންދިޔުމަށް ފަހު ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށް ބުނެ ސުޕްރީމް ކޯޓުން ދަނީ އަމުރުތަކެއް ނެރެމުންނެވެ. ފަނޑިޔާރުންގެ ސޮއި ނެތް ނަމަވެސް ތަތްގަނޑު ޖަހާފައިވާ އަމުރުތަކުން ފެބްރުއަރީ 1 ގެ އަމުރުގައި ހިމެނޭ ބޮޑު ބައެއް ބާތިލްކޮށްފައެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވަނީ އެ ތިން ފަނޑިޔާރުން ތިއްބެވީ ސަރުކާރާ އެކުގައި ކަން ދޭހަވާ ގޮތަކަށް ފާހަގަ ދައްކަވާފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
2 ދުވަަސް ކުރިން
އަހަރަމެންގެ ޤައުމް މި މިލިޓަރީ ވެރިކަމުން ސަލާމަތް ކުރައްވާށި
ސުޕްރީމް ކޯޓު އަދިވެސް ސިފައިންގެ އަތްދަށުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ