ކުރީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރަން ރައީސް މައުމޫން އަބްދފުލް ގައްޔޫމު ލަދު ގަންނަން ޖެހޭނެ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
އަސްތާގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސް މަގާމު ދިން ކަމަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ހުރި މީހާ ލަންކާއަށް ގޮސް ފިލަން ފަހިކޮށްދިނީ ވެސް ރައީސް ނަޝީދުގެ ސަރުކާރުން ކަމަށް ނިހާން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު ތިނެއް ފާހަގަ ނުކުރާ ކަމަށާއި އެކަން އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ ނިހާން ވިދާޅުވީ މިފަހަރު ރައީސް މައުމޫން ވެސް ކުރެއްވީ އެންމެ ޓްވީޓު ގަނޑެއް ކަމަށެވެ.
"މިއަދު ހިތާމައިގެ ފިޔަވަޅު މަތީގައި އަޅުގަނޑުމެން ތިބެން މިޖެހެނީ ރައީސް މައުމޫން ހަމަ ސީރިއަސްކޮށް ގަބޫލު ކުރެއްވީތޯއޭ ތިމަން މަނިކުފާނަކީ އެރޭގަ ގަބޫލުކުރެއްވީތޯއޭ ދޮންނަ މެޝިންގެ ފޮށިގަނޑެއްގައި އޮންނެވި ބޭފުޅެއް ކަމަށް. އެހެންވެގެންތޯއޭ އިންނަވަނީ ގޮއްސަ. ކެނެރީގޭ ނަޝީދާއި އޭނާއާ ގުޅުންހުރި މިޖަހަލާތުގެ އަމަލު ހިންގި މީހުންނާއެކު އެއް ސައްލާއެއް ކުރަން އިންނަވަން ރައީސް މައުމޫން ލަދުފުޅު ގަންނަވަންޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ރައީސް މައުމޫން ގެންނެވި ދީނީ ގޮތްތައް ނައްތާލާ ރައީސް ނަޝީދު ގެންނެވުމަށް ދީނީ އިލްމުވެރިން ދުއާ ކުރަމުން ދިޔަ އިރު ކަން ކުރާނެ ގޮތް ރަނގަޅަށް އެނގޭނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަތަރު އަހަރު ފާއިތުވި އިރު ތިން ފަހަރު ހައްޖަށް ވަޑައިގެންނެވި ކަމަށާއި ރައީސް ނަޝީދުގެ ވެރިކަމުގައި ގެފުޅާ ދިމާލަށް މިސްރާބު ވެސް ޖަހާ ނުލާ ކަމަށް ނިހާން ވިދާޅުވިއެވެ.
ނަޝީދާ ސައްލާ ކުރަން މައުމޫން ލަދު ގަންނަން ޖެހޭނެ: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ