10 ރަށެއްގެ ކަރަންޓް ވިއުގަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ޕްލޭން
ރާއްޖެގައި ހަކަތައުފެއްދުމަށް ތެލަށްކުރަންޖެހޭ ޚަރަދުކުޑަކުރުމުގެ ގޮތުން ދިހަ ރަށެއްގެ ކަރަންޓްގެ ވިއުގަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ޕްލޭންތައް ކުރެވިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ. އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް މިހެން ވިދާޅުވީ ދެކުނު އޭޝިޔާ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ފޯރަމް ނިންމުމުގެ ގޮތުން މިއަދު ކުރުނބާ ވިލެޖް ރިޒޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގެ ނުވަގައުމަކުން މަންދޫބުން ބައިވެރިވި މި ފޯރަމް ނިންމުމުގެ ގޮތުން މިއަދު މެންދުރުފަހު ކުރުނބާ ވިލެޖް ރިޒޯޓްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ތޭވީސް އިންސައްތަ މިހާރުވެސް ޚަރަދުވެގެންދަނީ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮގަތުމަށްކަމަށެވެ. އެހެންކަމުން ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރުކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ރަށްތަކުގެ ކަރަންޓްގެ ވިއުގަ ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިޔަށްއޮތް ފަސްއަހަރުގެ ތެރޭގައިވެސް މީގެ ތެރޭން ބޮޑުބައެއް ހާޞިލްކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ