ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ދެން އެއްވެސް އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިރޭ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްވަމުން އުމަރު ވިދާޅުވީ "ސިޔާސީ ގޮތުން އެއްކޮށް ގުނަކޮށް ކަނޑާ ގެއްލަން އެނގޭ މީހުންނަށް ރައީސް ޔާމިނަށް ދެން އިންތިޚާބެއް ކާމިޔާބެއް ނުވާނެކަން އެނގޭނެ" ކަމަށެވެ.
"ރާއްޖޭގައި ވެރިކަމަށް އާދެވޭނީ ކޯލިޝަން ހަދައިގެން. މިއަދު ކާކުތޯ ރައީސް ޔާމީން އާއި އެކު ކޯލިޝަން ހަދާނީ. މިއަދު ރައީސް ޔާމީން އެހުރީ ގިނިކަންޏާ. ރައީސް ޔާމީން އިންތިޚާބު ކުރެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަދި ވެސް ރައީސް ޔާމީން އަށް އިޙްތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ނުލާ ރައީސް ޔާމިނަށް އިންތިޚާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އެންމެ ފަހުން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ އެއިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީން ހޯއްދެވި 25 އިންސައްތަ ވޯޓް ހޯއްދެވީ ރައީސް މައުމޫން ކޮއްދެއްވި މަސައްކަތުން ކަމަށެވެ.
ރައީސް ޔާމިނަށް ތާއިދު ނެތް ކަން ސާބިތުކޮށްދެއްވުމަށް އުމަރު މިރޭ މިސާލެއްގެ ގޮތުގައި ދެއްކެވީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއޭ އެވެ. އުމަރު ވިދާޅުވީ "ޕީއޭ އުފައްދަވައިގެން 3000 މެންބަރުން ވެސް ހަމަކުރެއްވުނީ ވަރަށް އުނދަގުލުން." ކަމަށެވެ.
މިރޭ ވީޓީވީގެ ޕްރޮގްރާމްގައި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ރައީސް ޔާމިނަށް ތާއިދު ކުރައްވާނަންތޯ ޕްރެޒެންޓަރު ސުވާލު ކުރެއްވުމުން ޔުމްނާ އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ "އެކަން އެނގޭނީ ވަގުތު ޖެހުމުން" ކަމަށެވެ. ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން ވެސް އެނގިވަޑައިގެންފައި ނެތް ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ރައީސް ޔާމީން އަށް ދެން އެއްވެސް އިންތިޚާބެއް ކާމިޔާބެއް ނުވާނެ – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ