ޕީޕީއެމް އުފެއްދެވީވެސް އަދި ނިމިގެންދިޔަ އިންތިހާބުތައްވެސް އެޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ ރައީސް މައުމޫންގެ ސަބަބުންކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އުމަރު އިތުރަށް ވިދާޅުވިގޮތުގައި ޕީޕީއެމް އުފެއްދެވީވެސް އަދި ނިމިގެންދިޔަ އިންތިހާބުތައްވެސް އެޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ ރައީސް މައުމޫންގެ ސަބަބުންކަމަށެވެ. އަދި ރައީސް މައުމޫން ޕީޕީއެމްގައި ނެތްނަމަ ޕްރައިމަރީވެސް ގެއްލުނީސްކަމަށް އުމަރު ވަނީ ހާމަކުރައްވާފައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މައުމޫނަށާއި އެމަނިކްފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ވަނީ ޕީޕީއެމް އުފައްދައި ޕާޓީ ހަރުދަނާ ކުރަން ބެލިއިރު އޭރު ވެސް ޕާޓީގެ އިސް ބޭފުޅުން ތިއްބެވީ ރަޖާލައިގެން ގޭގައި ކަމަށް ވިދާޅުވެ ބައެއް ބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު މީގެ ކުރީން ރައީސް މައުމޫން ވަނީ މިސަރުކާރަށް ކުރައްވަމުންދިޔަ ތާއީދު އަނބުރާ ގެންދަވާފައިވާކަން ހާމަކުރައްވާފައެވެ.
ޕީޕީއެމް އިންތިހާބުތައް ކާމިޔާބުވީ މައުމޫންގެ ސަބަބުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ