ކުރިއަށް އޮތް 3 ދުވަހުވެސް މޫސުންގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.
މެޓް އިން ބުނީ ރާއްޖެއާ ދުރުން ބޭ އޮފް ބެންގޯލްގެ ހުޅަނގުދެކުނުގައި އުފެދުފައިވާ ކޮޅިގަނޑު ހުޅަނގުއުތުރަށް ޖެހި، މިއަދު އިންޑިއާގެ އައްސޭރި ފަށަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭ ސަރަހައްދުގައި ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެފައިވެއެވެ.
މިގޮތުން މެދު ރާއްޖެ ތެރޭ އަތޮޅުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެނިހެން ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެތީ ސަމާލުވާން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ