އެންމެން ބިރުފަހަނައަޅާ" ދިއުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

އެންމެން "ބިރުފަހަނައަޅާ" ދިއުމަށް ރައީސް މައުމޫން ފެކްޝަނުން ގޮވާލައިފިއެވެ.
މައުމޫން ފެކްޝަންގެ ޕީޖީ ގްރޫޕްއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އިބްރާހިމް( ލޯޔަރު ވައްޑެ )ވިދާޅުވީ ހުރިހާ މިނިވަން މުއައްސަސާތަކުގެ ވެރިންވެސް ބިރު ފަހަނައަޅާ ދިޔުމާށް އެދިވަޑައިގަންނަވާކަަމަށެވެ.
އަދި މަޖިލީސް ތެރެއިންވެސް އެއްވެސް މިނިވަން މުއައްސަސާއެއްގެ މެމްބަރަކާއި ކުޅުމުގެ ފުރުސަތެއް ދެން ރައީސް ޔާމީންއަށް ނުދެއްވާނެކަަމަށްވެސް ވަައްޑެއް ވިދާޅުވިއެވެ.
"ހައްގަށް ނަސްރު ލިބޭނެ. ﷲ ތައާލާ ހައްގަށް ނަސްރު ދެއްވާނެ. އަޅުގަނޑުމްނެ ޖުޑިޝިއަރީ އާ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ދިފާއުގައި ތިއްބަވާނަން" ވައްޑެއް ވިދާޅުވިއެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މަޖިލިސް މެދުވެރިކޮށް މަގާމުން ވަކިކޮށްފާނެތީ އެއްވެސް ފަނޑިޔާރަކު ބިރުގަންނަން ނުޖެހޭ ކަމަށެވެ. ސަލީމް ވަނީ ޖުޑީޝަރީއަށް އިންސާފްވެރިކޮށް ޝަރީއަތްތައް ގެންދަވުމަށް ގޮވާލާފައެވެ
"އެއްވެސް ބޭފުޅަކު ބިރުގަންނާކަން ނުޖެހޭނެ، އެއްވެސް ގާޒީއެއް ވަކިކުރުމުގެ ފުރުސަތެއް މަޖިލީހުގެ ތެރެއިން ނުދޭނަން،"ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޝަރީއަތުގައި ގޯސްކޮށް މައްސަލަތައް ގެންދާނަމަ ﷲ ގެ ހަޒުރަތުގައި އެމީހަކު ޖަވާބުދާރީ ވާންޖެހޭނެކަމަށާއި މާދަމާވެސް މަރުވެދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ