މޫސުން ގޯސްވުމުން ކަނޑު ދަތުރުތަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ވައި ބާރު، ކަނޑު ގަދަ ދުވަސްވަރަކަށް ވުމުން، ކަނޑު ދަތުރުކުރާއިރު ހިނގާފާނެ ހާދިސާއަކަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.އެމްއެންޑީއެފްގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ފަޅު ތެރޭގައި އަޅާފައި އޮންނަ އުޅަނދުތައް ކަނޑައިގެން ގޮސް ގެއްލުމުގެ ރިޕޯޓުތައް އެމްއެންޑީއެފަށް ލިބެމުން އަންނަ ކަމަށެވެ."އެހެންކަމުން، މި ދުވަސްވަރު އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ފަޅު ތެރޭގައި އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރަށް މޫސުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.މީގެ އިތުރުން، ރޭގަނޑު ދަތުރުކުރާ ނަމަ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރުނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.ދަތުރު ކުރާ ފަސިންޖަރުންނަށް ހަމަ އަށް ލައިފްޖެކެޓްތައް އަތުޖެހޭނެހެން ބެހެއްޓުމަށާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަމްޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އަދި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ދަތުރުތައް ރޭއްވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.މިހާރު ކުރަމުން މިދަނީ މި އަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ނަކަތަށް ބަލާއިރު ހުޅަނގު މޫސުން ފެށެނީ އައްސިދަ ލައިގަތުމާ އެކު
އެޕްރީލް 8ގަ އެވެ. ނަމަވެސް އައްސިދަ ނަކަތުން ފެށިގެން މެއި 5ގައި ބުރު
ނަކަތް ނިމުމާ ހަމައަށް ބަލަނީ ވައި އެނބުރި މޫސުން ބަދަލުވާ (ޕްރީ
މޮންސޫން) ދުވަސްތައް ކަމުގަ އެވެ. އަދި ވައިގެ މިސްރާބު ހުޅަނގަށް
ބަދަލުވެ ވިއްސާރައާ އެކު ހުޅަނގު މޫސުން ފެށިގެން ދަނީ މެއި 6ގައި ކެތި
ނަކަތް ލައިގަތުމާ އެކުގަ އެވެ. މިއަދު މިއީ ކެތި ނަކަތުން ފަސް ވަނަ ދުވަހެވެ. ހުޅަނގު މޫސުން ނިމެނީ ދޮށަ ނަކަތުގެ
އެންމެ ފަހު ދުވަހާ
އެކު ޑިސެމްބަރު 9 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ