ގާނޫނީ ވެރިކަމެއް ކޮށްނުދެވޭނެކަމަށް ވިދާޅުވުމަކީ ލަދުވެތިކަމެއް: ގާސިމް

ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ވެރިކަން ނުކުރެވޭނެކަމަށް ވިދާޅުވުމަކީ ލަދުވެތިކަމެއް ކަމަށާއި ޤާނޫނު އަސާސީއާއި އެއްގޮތަށް ވެރިކަން ނުކުރެވޭނަމަ އިސްތިއުފާ ދީފައި ވަޑައިގެންނެވުމަށް ރައީސް އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮލާލައްވައިފިއެވެ.
މާމިނގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ނުކުރެވުނު ނަމަވެސް ރައީސް ޔާމީނު ބޭނުންފުޅުވާ ގޮތަށް ޤާނޫނު އަސާސީ ބަދަލު ކޮށްދެވެން ނެތްކަމަށާއި އެކަން ކުރަން ދެން ނުވެސް ކެރޭނެ ކަމުގައެވެ.
އަދި ވެރިކަން ކުރަން ޖެހޭނީ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ދުސްތޫރީ އިމުގެ ތެރެއިންކަމަށާއި އެގޮތަށް ވެރިކަން ނުކުރެވޭނެމަ ޤާނޫނު އަސާސީއަށް ބަދަލު ނެގައުމުގެ ބޭނުމެއް ނެތްކަމަށާއި އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވުމުން ނިމުނީކަމަށް ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަތިލްކަމަށް ވިދާޅުވެ އެކަމާއި ގުޅޭގޮތުންވެސް ގާސިމް ވިރޭ ވަރަށް ދިގުކޮށް ވާހަކަ ދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ