ސުޕީރިއާ ކޯޓުތަކަށް ގާޒީން ހޯދުމަށް އިއުލާނު ކުރުމުން 31 މީހަކު ކުރިމަތިލަފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް އިން ބުނެފި އެވެ.
އެ ޑިޕާޓްމަންޓުން އިއުލާނުކޮށްފައިވަނީ ކްރިމިނަލް ކޯޓަށް ހަތަރު ގަޒީންނާއި ސިވިލް ކޯޓަށް ދެ ގާޒީން ހޯދުމަށެވެ. އެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ދެ ކޯޓުގެ ތެރެއިން ކްރިމިނަލް ކޯޓަށް ގާޒީން މަދުވީ އެ ކޯޓުގެ ދެ ގާޒީއަކު އެހެން ކޯޓުތަކަށް ބަދަލު ކުރުމުންނެވެ.
ކުރިމަތިލި މީހުންގެ އަދަދު ހާމަކުރި ނަމަވެސް އެ ކޯޓުތަކަށް ގާޒީން ހޮވައި އިއުލާނު ކުރެވޭނެ ތާރީހެއް ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެތައް ފަހަރަކު އިއުލާނު ކުރި އެވެ. އަދި ކުރިމަތިލި ބައެއް މީހުންނައި އިންޓަވިއު ކުރިކަމަށް މައުލޫމާތު ލިބެ އެވެ.
ސުޕީރިއާ ކޯޓުތަކުގެ ގާޒީ ކަމަށް 31 މީހަކު ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ