އަލީ ވަހީދަށް މައާފް ކޮށްފިން - މައުމޫން

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް އަމާޒުކޮށް މީގެ ކުރިން ދައްކާފައިވާ ވާހަކަތަކަށް މައާފުކޮށްފައިވާ ކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ސަން"އިން ގެނެސްދޭ 50 މިނެޓް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވަނީ މައުމޫނާ ދިމާލަށް ކިޔުނު އެއްޗިއްސާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި އެމަނިކުފާނާއި ބައްދަލުކޮށް މައާފަށް އެދިވަޑައިގެންފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މައުމޫނާ ދިމާލަށް ކިޔުނު އެއްޗެއްސާ މެދު ހިތާމަކުރައްވާ އެކަމާއި މައާފަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވުމުން، މައުމޫން މިއަދު ވަނީ ޓްވީޓާ މެދުވެރިކޮށް އަލީ ވަހީދުއަށް މައާފްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު އަލީ ވަހީދު ސިޔާސީ މައިދާނަށް ނުކުންނެވީ ރައީސް މައުމޫންގެ ފަހަތްޕުޅުން ޑީއާރުޕީއިންނެވެ. އަދި މިހާރު އަލީ ވަހީދުއަކީ ޖުމްހޫރީ ޕާޓީގެ ރައީސްއެވެ. އޭގެ ކުރިން އަލީ ވަހީދު ހުންނެވީ އެމްޑީޕީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ