މޫސުން ތަންނުދޭތީ ރައީސްގެ ދެކަނބަލުންނާއި އީދު ސަލާން ކުރުން ކެންސަލް

މޫސުން ތަން ނުދޭތީ މިއަހަރުގެ ފިތުރު އީދު ދުވަހާއި ގުޅިގެން ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ނޯންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ކުރިން ރައީސް އޮފީހުން ބުނީ އީދު ނަމާދަށް ފަހު، އެދުވަހުގެ ހެނދުނު 09:30 ގައި މުލީއާގޭގައި ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވާނެ ކަމަށެވެ.
އެކަމަކު މިރޭ ރައީސް އޮފީހުން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަނބިކަނބަލުން ފަޒްނާ އަހްމަދު އީދު ސަލާން ކުރެއްވުން ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ރައީސްގެ ދެކަނބަލުންނާއި އީދު ސަލާން ކުރުމަށް ގިނަ ބަޔަކު ދެއެވެ. މިއީ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ