އިސްލާމީ ފަތުވާދޭ ތަންތަނުގެ މަސައްކަތް ވިލަރެސް ކުރުމަށް ގާއިމުކުރި، ސެކެރެޓޭރިއަޓުގެ އެންމެ މަތީ މަޖިލީހުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ހިމެނިވަޑައިގެންފިއެވެ.
އިސްލާމީ ފަތުވާދޭ ތަންތަނުގެ މަސައްކަތް ވިލަރެސް ކުރުމަށް ސެރެކެޓޭރިއަޓެއް މިސްރުގެ ވެރިރަށް ގާހިރާގައި ގާއިމުކޮށްފައިވަނީ އިއްޔެއެވެ. އެ ސެކެރެޓޭރިއެޓުގެ އެންމެ މަތީ މަޖިލީހުގައި 21 މެންބަރަު ތިއްބަވައެވެ.
ގާހިރާގައި މިހާރު ކުރިއަށްދާ ފަތުވާ ކޮންފަރެންސްގެ ބައްދަލުވުމުގައި ރައީސް މައުމޫނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަަވަމުންނެވެ. ރައީސް މައުމޫން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ، މިސްރުގެ އިސް މުފްތީ ޑރ.ޝައުގީ އިބްރާހީމް އައްލާމްގެ ދައުވަތަކަށެވެ.
ފަތުވާ ދޭ ތަންތަން ވިލަރެސްކުރާ ސެކެޓްރިއޭޓުގެ މަތީ މަޖިލީހުގައި ރައީސް މައުމޫން ހިމެނިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ