ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ފަހު މެޗުތަކުގައި ތުރުކީން 3-2 އިން އެމެރިކާ ބަލިކުރިއިރު، މި ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި އޮސްޓްރޭލިއާ އިން ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.
އަދި އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ޕެރަގުއޭ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ގްރޫޕްގެ އަނެއް މެޗުން ޕެރަގުއޭ އާއި އޮސްޓްރޭލިއާގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
އެެމެރިކާ އިން މި ގްރޫޕްގެ އެއް ވަނަ ހޯދީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި އޮސްޓްރޭލިއާ އާއި ތިން ވަަނައިގައި އޮތް ޕެރަގުއޭ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތުރުކީން ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ.
ތަފްސީލް އަންނަނީ.
ތުރުކީން އެމެރިކާ ބަލިކޮށްފި، އޮސްޓްރޭލިއާ ދެ ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ