މި ފަހަރުގެ ވޯލްޑް ކަޕްގައި އޭޝިއާއިން ނުވަ ގައުމު ވާދަކުރާ އިރު ދެވަނަ ބުރުން ޖާގައެއް ނުލިބުމުގެ ލަދުން ރޭ ސަލާމަތްވެއްޖެ އެވެ: އެ ސަލާމަތްކުރުން އައީ ޖަޕާންގެ ފަރާތުންނެވެ.
ރޭ ސްވިޑުންއާ 1-1 އިން އެއްވަރުވުމުން ގްރޫޕް އެފްއިން ދެވަނަ ޓީމުގެ ގޮތުން ޖަޕާން ވަނީ ގަދަ 32 ކަށަވަރުކޮށްފަ އެވެ. އަދި 29 ޖޫންގައި ޖަޕާން ނުކުންނާނީ ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްއާ ދެކޮޅަށެވެ.
ގްރޫޕް އެފްގައި ޓިއުނީޝިއާ 3-1 އިން ބަލިކޮށް ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދީ ނެދަލެންޑްސް އެވެ. ނޮކްއައުޓް ބުރުގައި ނެދަލެންޑްސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
ރޭ ކުޅުނު ގްރޫޕް އީގެ ފަހު ދެ މެޗުގެ ތެރެއިން ކިއުރެސާއޯ 2-0 އިން ބަލިކޮށް އައިވަރީ ކޯސްޓް ވަނީ ފުރަތަމަ ފަހަރަށް ގަދަ 32 އިން ޖާގަ ހޯދައިފަ އެވެ. އައިވަރީ ކޯސްޓްގެ ދެ ލަނޑު ވެސް ޖެހީ ނިކޮލަސް ޕެޕޭ އެވެ.
މި ގްރޫޕުން ހަ ޕޮއިންޓް ހޯދައިގެން ޖަރުމަން އެއްވަނައަށް ދިޔަ ނަމަވެސް ފަހު މެޗުގައި އިކުއެޑޯ އަތުން 2-1 އިން ރޭ ވަނީ ބަލިވެފަ އެވެ. މި ނަތީޖާއާ އެކު ތިން ވަނަ ޓީމުގެ ގޮތުން އިކުއެޑޯއަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބަ އޮތެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން އިތުރުން އޭޝިއާ ތަމްސީލްކުރަނީ:
އޮސްޓްރޭލިޔާ
ސައުތު ކޮރެޔާ
އީރާން
އިރާގު
ޖޯޑަން
އުޒުބަކިސްތާން
ގަތަރު
ސައުދީ އަރަބިއްޔާ
ޖަޕާން ދެވަނަ ބުރަށް ގޮސް ލަދަކުން އޭޝިއާ ސަލާމަތްކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ