ޖަނަރޭޓަރ ހަލާކުވެ ހޯނޑެއްދޫ އިން ކަރަންޓް ކެނޑިއްޖެ

ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރު ހަލާކުވެ ގދ.ހޯނޑެއްދޫ އިން ކަރަންޓް ކެނޑިއްޖެ އެވެ.
ހޯނޑެއްދޫ އިން ކަރަންޓް ކެނޑިފައި ވަނީ މިރޭ 12 ޖެހި ފަހުންނެވެ.
ހޯނޑެއްދޫ ކައުންސިލް މެންބަރަކު ވަގުތައް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓް ކެނޑުނީ ޖަނަރޭޓަރުގެ އިންޖެކްޓަރ ހަލާކު ވެގެން ކަމަށެވެ.
އަދި ދެން ކަރަންޓް ދެވޭނީ އިންޖެކްޓަރ ހަދައިގެން ނޫނީ އިންޖެކްޓަރެއް ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފެނަކަ އާއި ހަވާލާދީ ކައުންސިލަރު ވިދާޅުވި އެވެ.
"ވަގުތަށް" މައުލޫމާތު ދެމުން ކައުންސިލަރު ވިދާޅުވީ ހޯނޑެއްދޫ އަށް ޖަނަރޭޓަރެއް ފޮނުވާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށާއި ނަމަވެސް އެންމެ ފަހުން ޖަނަރޭޓަރު ފޮނުވަން ނިންމި ރަށްރަށުގެ ތެރޭގައި ހޯނޑެއްދޫ ހިމެނިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ