އައްޑޫ ރައްޔިތުން ބޭނުންވަނީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ކަމަށާއި، ވަގުތީ ހައްލެއް ނޫންކަމަށް ރައްޔިތުންގެ މަޖްލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.އަސްލަމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. މީގެ އިތުރުން އަސްލަމް ވިދާޅުވީ ފެނަކައަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރެވޭތަނެއް ނުފެންނަކަމަށެވެ.Addu ge bodu baeh gai miadhuves karantu neiy.Raiyyithun beynun vanee vaguthee halleh noon..Dhaaimee halleh. Mikan FENAKA akah vaathaneh nufeney.— Mohamed Aslam (@aslamdp) September 8, 2019ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ އައްޑޫއަށް ދިމާވެފައިވާ އެންމެހާ ދަތިތަކަށް ހައްލު ހޯއްދަވާދެއްވާނެ ކަމަށް ވައުދުވިއެވެ. ނަމަވެސް އައްޑޫ ރައްޔިތުން އުންމީދު ކުރިކަހަލަ ކަންތައްތަކެއް ނުފެނެއެވެ. ރައީސް ސޯލިހުގެ ވެރިކަމަށް 9 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އައްޑޫގައި ސަރުކާރުން މާ ބޮޑު އާ މަޝްރޫއު އެއްވެސް ނުފަށައެވެ. ދިޔަރެސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެއް އިންޖީނުވަނީ ހަލާކުވެފައެވެ. އަދި ޕެނަލްބޯޑެއްގެ މައްސަލަވެސްވަނީ ކުރިމަތިވެފައެވެ. އައްޑޫ ފެނަކަބްރާްޗުން ރަސްމީކޮށް މިކަމާބެހޭގޮތުން އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަދިވެސް އައްޑޫގެ ގުޅިފައިވާ ހިތަދޫ، މަރަދޫ މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުން ތިބީ ކަނުއަނދިރީގައެވެ.މި މައްސަލައާއި ގުޅިގެން ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އައްޑޫ ކަރަންޓު މައްސަލަ ފެނަކައަށް ހައްލުވާތަނެއް ނުފެނޭ: އަސްލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ