ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމްގެ ފަލާހުގެ މައްޗަށް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫންގެ ދަށުން ދައުވާކޮށްދިނުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފިއެވެ.
އުމަރު ނަސީރު މިިކަމަށް އެދިވަޑައިގެންނެވީ މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި އުމަރު ނަސީރަކީ "ވަގެއް"ކަމަށް ފަލާހު ވިދާޅުވެފައިވާކަމަށް ވިދާޅުވެ ކޮމިޝަނަރު އޮފް ޕޮލިސްއަށް އުމަރު ފޮނުއްވާފައިވާ ސިޓީއެއްގައެވެ.
އުމަރު ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެމަނިކުފާނަށް ވަރަށް ސަރީޙަބަހުން "ވަގަށް" ގޮވާ އަބުރަށް އަރައިގެންފައިވާކަމަށެވެ. އެހެންކަމުން އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ ގާނޫންގެ ދަށުން އެ މައްސަލަ ތަހުގީގްކޮށް، މިފަދަ މައްސަލަތަކުގައި ޕީޖީ އޮފީހަށް މައްސަލަ ހުށައަޅަންޖެހޭނެކަމަށް ބުނެފައިވާތީ ފަލާހުގެ މައްސަލަ ޕީޖީއަށް ފޮނުވައިދިނުމަށް އެދޭކަމަށެވެ.
ފަލާހު އުމަރުގެ އަބުރަށް އަރައިގެންފައިވަނި ސާބިތުނުހިފޭ ދޮގު ވާހަކައެއްގެ މައްޗަށް ބިނާކޮށްކަމަށާ، އެމަނިކުފާނުގެ މައްޗަށް ރާޢްޖޭގައި ހުރި އެއްވެސް މުއައްސަސާއަކުން އެފަދަ ކަމެއް ސާބިތުވެފައިނުވާކަމަށް އުމަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި މިނިވަން 50ގެ އެއްވެސްކަމެއް އުމަރުގެ ނުވަތަ އެމަނިކުފާނުގެ އަނބިކަނބަލުންގެ ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކަށްވެސް ހަވާލުކޮށްފައިނުވާނެކަަމަށާ ވަޒީރުގައި ހުންނެވި ދުވަސްވަރު އެއްވެސް ބިޑަކަށްވެސް ކުރިމަތިލައްވާފައިނުވާނެކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށައެޅީ "ވަކަރަށްޖަހާލަން" އަދި މައްސަލަ ހުށައަޅަން ނުކުރޭނެކަމަށް މެންބަރު ފަލާހު ވިދާޅުވެފައިވާތީކަމަށެވެ.
މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވަނީ މިނިވަން 50ގެ ހަރަކާތްތަކަށް އުމަރު އަމިއްލައަށް ކުންފުނިތަކެއް ހަދާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރައްވާފައިވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ސިޔާސީ އިދިކޮޅު ލީޑަރުނަށް ވަރަށް ހުތުރުބަހުން ފާޑުވިދާޅުވާ އަދި އަސްލެއް އަސާސެއް ނެތް ގިނަ ވާހަކަތަކެއް އަބަދުވެސް ދައްކަމުންދާ މެންބަރު ފަލާހު ަވަނީ ރައީސް މައުމޫނާއި، ގާސިމް އިބްރާހިމާއި ގުޅޭގޮތުންވެސް ސާބިތުނުހިފޭ އެތަށް ދޮގު ވާހަކަތަކެއް ދައްކާފައެވެ.
މެންބަރު ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އުމަރު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ