ބީއެމްއެލް އޭޓީއެމްގެ ހިދުމަތް މުޅި ފ. އަތޮޅަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފ. ދަރަނބޫދޫ އަދި މަގޫދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމަށް އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:
ރައީސް މުހައްމަދު މުއިއްޒު
 ވަޒީރުން 
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް 
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭނެ އެންމެ ޒަމާނީ ފެންވަރުގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވި އެވެ.
"މިއީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް."
20 އަތޮޅުގައި 42 ބްރާންޗު
170 ސެލްފް ސާވިސް ބޭންކިން ސެންޓަރު
228 އޭޓީއެމް
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ