ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް މިދިޔަ އަހަރު ގެނައި ޑްރޯންތަކުގެ އިތުރުން، ދައުލަތުން ބޮޑު ހަރަދުކޮށްގެން އަނެއްކާ ވެސް އާ ޑްރޯންތަކެއް ރާއްޖެ ގެނެސްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑްރޯންތައް ގެނައީ އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބުދަ ދުވަހުގެ ރޭ ޖެއްސި ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓުގަ އެވެ. އެ ބޯޓު ފުރައިގެން ދިޔައީ ބުރާސްފަތި ދުވަހު ހެނދުނު އެވެ.
އެކި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން މިފަހަރު ވެސް ޑްރޯން ގަތީ، ރައީސް މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ ތުރުކީގެ ބައިކާރު ކުންފުނިންނެވެ.
އާ ޑްރޯންތަކެއް ގެނައިކަން ނުވަތަ ނުގެންނަކަން ބުނަން އެމްއެންޑީއެފް އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގަނެފައިވަނީ ބައިކާރުން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. ގަނެފައިވަނީ އެ މަރުކާގެ ތިން ޑްރޯން އާއި ގްރައުންޑް ކޮންޓްރޯލް ޔުނިޓެއް ކަމަށާއި މި ޑްރޯންތައް އޮޕަރޭޓް ކުރަނީ އައްޑޫގައި ގާއިމުކުރާ ސިފައިންގެ ވައިގެ މަރުކަޒުގައި ކަން އެނގިފައިވެ އެވެ.
މިފަހަރު ގެންނަނީ ކިތައް ޑްރޯން ކަމެއް އަދި ހަރަދު ކުރަނީ ކިހާ ވަރެއް ކަމެއް ހާމައެއް ނުކުރެ އެވެ. މިހާރު ރާއްޖޭގައި އޮތް ތިން ޑްރޯން ގަތުމަށް 500 މިލިއަން ރުފިޔާ މުއިއްޒު ހޭދަކޮށްލީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވަ އެވެ.
މިފަހަރު މި ޑްރޯންތައް ވެސް މިގެންނަނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮއްވަ އެވެ.
މި މުއާމަލާތްތަކުގައި ހިޔާނާތް އެކުލެވޭ ކަމަށް ތުހުމަތުކުރެ އެވެ.
ހުލާސާކޮށް އިއްޔެ: އަގުބޮޑުކޮށް އިތުރު ޑްރޯންތަކެއް ގެނައުން، ހުލާސާކޮށް އިއްޔެ: އަގުބޮޑުކޮށް އިތުރު ޑްރޯންތަކެއް ގެނައުން،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ