2އޮފްއަސްގެ މެލޭޝިއާ ކޮންސެޓު އަންނަމަހު 7ގައި، މާދަމާ ޓިކެޓު ވިިއްކަން ފަށަނީ
ރާއްޖެއިން ބޭރުގައި ޓޫ އޮފް އަސްއިން ބާއްވަ "ޑްރީމް ބިޔޯންޑް ބޯޑަރސް" ކޮންސަޓް ބާއްވާ ތާރީހު އިއުލާންކޮށް، މާދަމާއިން ފެށިގެން ޓިކެޓު ވިއްކަން ފަށާނެކަމަށް އެ ބޭންޑުން ބުނެފިއެވެ. ފިއެވެ ޓޫ އޮފް އަސް އިން ބުނިގޮތުގައި މެލޭޝީޔާގެ ކުއަލަލަމްޕޫރްގައި މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހު ހަތެއްގައެވެ. ޝޯގެ ޓިކެޓްތައް މާދަމާއިން ފެށިގެން ވިއްކަމުންދާނެ އެ ބޭންޑުން ބުންޏެވެ. މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުއަލަލަމްޕޫރްގެ ޕެޓަލިންގް ޖަޔަ ޕާފޯމިން އާޓްސް ސެންޓާ (ޕީޖީޕީއޭސީ) ގެ ސްޓޭޖް-1 ތިއޭޓަރުގައެވެ. މި ޝޯއާ ބެހޭގޮތުން ވާހަކަދައްކަމުން ބޭންޑްގެ ލީޑް ވޯކަލިސްޓު އަޙްމަދު އަދުހަމް ބުނީ އެ ބޭންޑުން ރާއްޖޭގައި ގިނަ ޝޯތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް މި ޝޯ ހާއްސަ ވަނީ ބޯޑަރުން ބޭރުގައި ބާއްވާ ޝޯއަކަށްވުމުން ކަމަށް އޭނާ ބުންޏެވެ. "މިއީ ހަމައެކަނި ޓޫއޮފްއަސްގެ ކަމެއް ނޫން. މިއީ ރާއްޖެއިން ބޭރަށް ދިވެހި މިއުޒިކު ގެންދަން ބޭނުންވާ ހުރިހާ އެންމެންނަށް ހާއްސަވާ ކަމެއް،" އަދުހަމް ބުނެފައިވެއެވެ. މި ކޮންސަޓުގައި އިންޑިއާގެ ޕާކަޝަނިސްޓް ހެތު ޕަސަޑް އަދި ޓަބްލާގެ މިއުޒިކު ގެނެސްދޭ ހަމްދާން ބައިވެރިވާނެ ކަމަށް ޓޫ އޮފް އަސް އިން ބުނެފައިވެއެވެ. މި ޝޯގައި ޓޫއޮފްއަސްގެ އިތުރުން ދިވެހި އާޓިސްޓުން ކަމުގައިވާ ފަސީ ލައިވް، ޒޯލޯ، ޔޫސުފް އަދި ޕާކަޝަން ބޭންޑް ހޭވައްލާ ބައިވެރިވާނެއެވެ. ޓޫ އޮފް އަސްގެ މި ޝޯގެ ޓައިޓަލް ސްޕޮންސަރަކީ ކޮންސިއާޖް ގްރޫޕު މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑެވެ. މި ކޮންސަޓް ޝޯއަކީ ވިޒިޓް މޯލްޑިވްސް، އައިލެންޑް ޕާފިއުމްސް، މޯލްޑިވްސް ސެންޓާ، މާލެ ސިޓީ ކައުންސިލު، މީ2 ފިލްމްސް، އެސްއެސް ޓީވީ، ފެޓް ކެޓްޒް އިވެންޓްސް، ކްރެއިޕް ރަނާ، ހުޅުލޭ އައިލެންޑް ހޮޓެލް، މާގިރި ހޮޓެލް، އެޒިޑޮން އަދި އައިސީސީއާރް ގުޅިގެން ބާއްވާ ޝޯއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ