ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީޕީ)ން އިސް ނުވަ ޖެނެރަލަކު މަގާމުން ވަކިކޮށްފި އެވެ.
ޗައިނާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ނުވަ ޖެނެރަލުން މަގާމުން ވަކިކުރީ މާލީ ބޮޑެތި ކުށްތަކުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ތިން ތަރީގެ ޖެނެރަލްގެ ރޭންކެއް ފުރުއްވި ބޭފުޅުންނެވެ. އަދި އެ ބޭފުޅުން މަގާމުން ދުރުކުރީ ސެންޓްރަލް ކޮމިޓީގެ މަޝްވަރާގެ މަތީންނެވެ. އެ ބޭފުޅުން ވަނީ އަސްކަރިއްޔާ އިން ވެސް ވަކިކޮށްފަ އެވެ.
އެ ބަޔާނުގައި އެ ބޭފުޅުން ވަކި ކުރީ ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަ ކުރި ނަމަވެސް، އެއީ ސިޔާސީ ގޮތުން ސާފު ކުރުމުގެ އަމަލެއް ކަމަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެ ޕާޓީގެ ޕްލެނަމް ބޭއްވުމުގެ ކުރިން ސެންޓްރަލް ކޮމިޓީން ގައުމުގެ އިގްތިސާދީ ތަރައްގީގެ ޕްލޭން މުރާޖައާ ކުރުމަށް ފަހު އާ މެމްބަރުން އިންތިހާބު ކުރުން ހިމެނޭނެ ކަމަށްވެ އެވެ.
އެ ނުވަ ބޭފުޅުންގެ ތެރެއިން ހީ ވެއިޑޮންގްއަކީ ރައީސް ޝީ ޕިންޖިންއަށް ފަހު ޗައިނާގެ އަސްކަރީ އޮފިޝަލުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޝަހްސިއްޔަތެވެ.
ހީ ވެއިޑޮންގް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އިސް 9 ޖެނެރަލަކު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ