ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
80﴾ أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ
"ނުވަތަ އެއުރެން ހީކުރަނީ، އެއުރެންގެ ސިއްރު ވާހަކަތަކާއި، އެއުރެންގެ ސިއްރު ސައްލާތައް ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން ނުވާކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. (އައްސަވާވޮޑިގެންވަމެވެ.) އަދި އެއުރެންގެގާތަށް، ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ މަލާއިކަތުން އެކަންތައް ލިޔުއްވަތެވެ." (އައްޒުޚުރުފް: 80)
އެއްވެސް ޝައްކެއް ނެތެވެ. އަހުރެމެން ދައްކާ ހުރިހާ ވާހަކަތަކެއް ﷲ ތަޢާލާ އަޑުއައްސަވައިވޮޑިގެންވެއެވެ. ދެކެ ދެނެވޮޑިގެންނެވެ. މާނައީ ބައްލަވައިވޮޑިގެންވެއެވެ. އަދި މަލާއިކަތުން ވެސް އަޑުއައްސަވައި އެކަންކަން ލިޔުއްވަވަތެވެ.
ދުނިޔަވީ ވިސްނުމަކުން ވިސްނާށެވެ! ތިމާ އެމީހަކު ދެކެ ބިރުގަންނަންޖެހޭ ނުވަތަ ޖެހިލުންވާންޖެހޭ މީހަކަށް އަޑުއިވޭނެ ގޮތަށް ނުވަތަ އެމީހަކަށް ފެންނާނެ ގޮތަށް އެމީހާ ނުރުހޭނެ ކަމެއް ކުރާނީ ކާކުހެއްޔެވެ؟ ހަމައެކަކުވެސް ނުކުރާނެއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިނުވެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހުރެމެންގެ ހުރިހާކަމެއް އެކަލާނގެ ދެކެދެނެވޮޑިގެންވާއިރުވެސްމެއެވެ.
ވިސްނާށެވެ! އާޚިރަތް ކާމިޔާބުކުރެވޭނީވެސް އަދި ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނީވެސް އަދި އެހެން ކަމެއް ކާމިޔާބުކުރެވޭނީވެސް މިއާޔަތަށް ސަމާލުކަންދިންވަރަކުންނެވެ. މިކަންކަން ޤަބޫލުކުރެވުނު ވަރަކުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން
އާޚިރަތް ވެސް، ޒަވާޖީޙަޔާތްވެސް އަދި އެހެން ކަމެއްވެސް ކާމިޔާބުކުރެވޭނީ މިއާޔަތަށް ސަމާލުކަންދިންވަރަކުން!: ޝައިޚާ ޑރ. ހައިފާ ޔޫނިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ