މާލޭން ފުރައިގެން ދަތުރުކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓި، ‘އަލްމާކް ފިޔަ’ އިން ގެއްލުނު ތިން ވަނަ މީހާ ވެސް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ހަށިގަނޑު ފެނުނީ އާއިލާފުށްޓާއި ވިލާ ނޯޓިކާއާ ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ސްރީ ލަންކާ މީހެކެވެ. މި ހާދިސާގައި ގެއްލުނު ދިވެހި މީހާއާއި އިންޑިއާ މީހާގެ ހަށިގަނޑު މިދިޔަ ބުދަދުވަހުގެ ރޭ ފެނިފައިވާއިރު އޮޔާ ދަނިކޮށް ރޭ ފެނުނީ ލަންކާމީހާގެ ހަށިގަނޑެވެ.
ފުލުހުން ކުރިން ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހުން ތިއްބެވެ.
އައްޑޫ ހިޔާލު ހޯދުމުގެ ވޯޓު: 255 މީހަކު ރީ-ރަޖިސްޓްރީކޮށްފި ސައިބާ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ހާއްސަ އެޕްލިކޭޝަނެއް އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 960 ޕާސްޕޯޓު ދޫކޮށްފައިވޭ ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ