މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި ވޯޓް އޮޅުވާލުމަށް އަނގޮޓި ގެނައީ ޕީޕީއެމް އިން- ސިނާން ކްރިމިނަލް ކޯޓުން ސިނާން ދޫކޮށްލައިފި ފުލުހުން، ސިނާނާއި އިލްހާމް ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށްފި މަގުބޫލު ލިޔުންތައް ދުނިޔޭގެ އެ

ތަރައްގީގެ މަޝްރޫއުތައް ފެށުމުން އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
މެމްބަރު ސިނާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެބައިމީހުން ނޫން އެހެން އެއްވެސް ބައެއް ވެރިކަން ކުރާނަމަ ރަނގަޅު ހަމަ އެއްކަމެއްވެސް ކުރެވޭ ކަމަކަށް ނުހެދުން ކަމަށެވެ.
މީގެ އިތުރުން ސިނާން ވިދާޅުވީ ރޯމާއި ދުވާލު ބޮޑެތި ވައްކަންތައް ކޮށް ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގައި ހިތްވަރުގަދަަ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގަތީ އެ ނުލަފާ މީހުން ރައްޔިތުންނަށް ވަމުން ދިޔަ ހިޔާނާތްތަކުންނާ، އަނިޔާވެރިކަމުން ގައުމު ސަލާމަތް ކޮށްދެއްވުމަށް ކަމަށެވެ.
އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސިނާން ވިދާޅުވީ އެމްޑީޕީއަށް ދިވެހި ރައްޔިތުން ބޮޑު ތަނުން ‘ނޯ’ ޖަހާފައިވާކަަމަށެވެ. އަދި މިއަދު ހަރަދު ކުޑަކޮށް ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފައްޓަވައި ދެއްވާތަން ފެނުމުން ހިތަށް ކުޅަދާނަ ނުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މި ‘ބައިގަނޑުގެ’ ކަންތައް ބޮޑުވެއްޖެ ކަމަށެވެ. “ހަގީގަތަކީ މިއަދު އެމްޑީޕީ އޭ ކިއުނު ވަގުންގެ ބައިގަނޑަށް އެއްވެސް ތާއީދެއްވެސް ނެތްކަން” ސިނާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ