ބޯޓިން އެސޯސިއޭޝަންގެ ރައީސް ކަމަށް އިސްމާއީލް ޝަރީފު އިންތިހާބުކޮށްފި ބޯޓިން އެސޯސިއޭޝަންގެ ރައީސް ކަމަށް އިސްމާއީލް ޝަރީފު އިންތިހާބުކޮށްފި

މޯލްޑިވްސް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް)ގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއިލް ޝަރީފު މިއަދު އިންތިހާބު ކޮށްފި އެވެ.
ޝަރީފް މި މަގާމަށް އިންތިހާބުކުރީ މިއަދު ހަވީރު ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައެވެ. އޭނާއަކީ މިހާރުވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯންޗާއި ދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރެވެ.
ޝަރީފަކީ މި ސިނާއަތުގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން އަލްޝާލީ މެރިންގެ ޖީއެމްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރު ލޯންޗާއި ދޯނި ފަހަރު ބަނުމުގެ ހިދުމަތް ދޭ އަދި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ކުންފުންޏަކަށް ޝަރީފު ހެއްދެވިއެވެ.
އެގްޒެކެޓިވް ބޯޑު:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ