އައިޕީއެލްގެ ތާރީހީ ރެކޯޑާއެކު 15 އަހަރުގެ ސޫރިޔަވަންޝީއަށް ދުނިޔޭގެ ސަމާލުކަން

ރާޖަސްތާން ރޯޔަލްސްގެ އުމުރުން އެންމެ 15 އަހަރުގެ ޒުވާން ތަރި ވައިބަވް ސޫރިޔަވަންޝީ، އައިޕީއެލްގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކައި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރުސީބީ) އާ ދެކޮޅަށް ކުޅުނު މެޗުގައި ސޫރިޔަވަންޝީ ވަނީ އެންމެ 15 ބޯޅައިން ފަންސާސް ހަމަކޮށް، އައިޕީއެލް ތާރީޚުގައި ތިންވަނައަށް އެންމެ އަވަސް ފަންސާހެއް ހޯދި ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި މެޗުގައި ސޫރިޔަވަންޝީ ވަނީ 26 ބޯޅައިން 78 ރަންސް ހަދާފައެވެ. އޭނާގެ މި އިނިންގްސްގައި 8 ފަހަރު ހަތަރަކަށް، އަދި 7 ފަހަރު ހަޔަކަށް ޖެހިއެވެ. އާރުސީބީގެ ވަރުގަދަ ބޯލިން އެޓޭކުގައި ހިމެނޭ އޮސްޓްރޭލިއާގެ ތަރި ޖޯޝް ހޭޒަލްވުޑާއި އިންޑިއާގެ ތަޖުރިބާކާރު ބޯލަރު ބޫވްނޭޝްވަރު ކުމާރަށް އެއްވެސް ފުރުސަތެއް ނުދީ، ސޫރިޔަވަންޝީ ވަނީ ދަނޑުގެ ހުރިހާ ފަރާތަކަށް ބޯޅަ އުކާލާފައެވެ. އޭނާ ވަނީ ތިންވަނައަށް ކުޅެން އެރި ދުރުވް ޖުރޭލްއާއެކު އެންމެ 37 ބޯޅައިން 108 ރަންސްގެ ވަރުގަދަ ޕާޓްނަޝިޕެއް ގާއިމްކޮށްފައެވެ. \ކެޕްޝަން.. އުމުރުން އެންމެ 15 އަހަރުގެ ޒުވާން ތަރި ވައިބަވް ސޫރިޔަވަންޝީ-- މިއީ މިފަހަރުގެ މުބާރާތުގައި ސޫރިޔަވަންޝީ 15 ބޯޅައިން ފިފްޓީ ހެދި ދެވަނަ ފަހަރެވެ. މީގެ ކުރިން މާޗް 30 ގައި ޗެންނާއީ ސުޕަ ކިންގްސްއާ ދެކޮޅަށްވެސް އޭނާ ވަނީ މިފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. މިހާތަނަށް ބައިނަލްއަގުވާމީ މެޗެއް ކުޅެފައި ނުވި ނަމަވެސް، އޭނާ މިހާރު އުޅެނީ 266.6 ގެ ސްޓްރައިކް ރޭޓަކާއެކު އެވެ. އެއީ 4 އިނިންގްސްއިން 200 ރަންސް ހަދައިގެން މުބާރާތުގެ އެންމެ ގިނަ ރަންސް ހެދި ކުޅުންތެރިޔާގެ ގޮތުގައެވެ. ސޫރިޔަވަންޝީ އައުޓްވުމުން ރާޖަސްތާން ކުޑަކޮށް ފަހަތަށް ޖެހިލި ނަމަވެސް، ދުރުވް ޖުރޭލް ވަނީ ކެތްތެރިކަމާއެކު ކުޅެ ނުބައިނުވެ 43 ބޯޅައިން 81 ރަންސް ހަދާފައެވެ. ދެ އޯވަރު ބާކީ އޮއްވައި ރާޖަސްތާނަށް މެޗު ކާމިޔާބުކޮށްދީފައެވެ. މި މޮޅާއެކު ރާޖަސްތާން ރޯޔަލްސް ވަނީ ތާވަލުގެ ކުރީގައި އެޓީމުގެ މަގާމު އިތުރަށް ވަރުގަދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ