އެމެރިކާއާއި އީރާނުގެ ވާހަކަތައް މެދުވެރިއަކާ ނުލައި ސީދާ ގޮތެއްގައި ގެންދެވޭތޯ ޕާކިސްތާން މަސައްކަތް ކުރަނީ

އިސްލާމްއާބާދު (11 އެޕްރީލް 2026) : ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އެމެރިކާއާއި އީރާނުގެ ސުލްހައިގެ ވާހަކަތައް މެދުވެރިއަކާ ނުލައި ސީދާ ގޮތެއްގައި އެ ދެ ގައުމުގެ މަންދޫބުންގެ މެދުގައި ކުރިޔަށް ގެންދެވޭނެ ގޮތެއްވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިގޮތުގައި ފުރަތަމަ ބުރުގެ ވާހަކަތައް އެމެރިކާއާއި އީރާން އާ ދެމެދު ކުރިޔަށްދާނީ ޕާކިސްތާނުގެ މަންދޫބުން މެދުވެރިންގެ ގޮތުގައި ތިއްބަވައިގެން ނުސީދާ ގޮތުގައެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން އެމެރިކާއާއި އީރާނުގެ މެންދޫބުން ސީދާ ގޮތެއްގައި ވާހަކަ ދައްކާގޮތަކަށް ވޭތޯ ޕާކިސްތާނުން މަސައްކަތް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއެކު ސީދާ ގޮތެއްގައި ވާހަކަ ދައްކަން ދެކޮޅު ހަދަނީ އީރާންއެވެ. އެއީ އެމެރިކާގެ ނުބައިކަމާއި ޣައްދާރުކަމާއި މަކަރުވެރިކަމާއި ކެހިވެރިކަމުގެ ސަބަބުންނެވެ. އެމެރިކާފަދަ އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ ބައިނަލްއަގްވާމީ އުސޫލުތައް ގަބޫލުނުކުރާ ނާޒީ ޖަރުމަނުފަދަ އަނިޔާވެރި ގައުމަކާ ސީދާ ގޮތެއްގައި ވާހަކަ ދެއްކުމަކީ އީރާން ކުރާނެކަމެއް ނޫންކަމަށް އަބަދުވެސް އީރާން ބުނެއެވެ. ކުރިން އެމެރިކާއާއި އީރާން އާދެމެދު މަޝްވަރާތައް ވެސް ކުރިޔަށް ދިޔައީ އުމާން މެދުވެރިއަކަށް ވެގެންނެވެ. އެއީ އެމެރިކާ އީރާން އަށް އިސްވެ ހަމަލާދީ އެންމެފަހުން ހިންގި މިންވަރަށް ލާއިންސާނީ ޖަރީމާތަކާއި އުދުވާން ނުހިންގާއިރު އެވެ. އެމެރިކާގެ ވަފްދު އިސްލާމް އާބާދުގައި މިހާރު އެމެރިކާވަނީ އިސްރާއީލާ ގުޅިގެން އީރާނުގެ ލީޑަރުންނާއި ކިޔަވާކުދިންނާއި ސައެންޓިސްޓުން މެރުމާއި އީރާނުގެ ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ބޮންއެޅުން ފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތަކެއް ފުޅާދާއިރާއެއްގައި ހިންގައި އީރާނުގެ ތިންހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މިހާލަތުގައި ސީދާ ގޮތެއްގައި އެމެރިކާ އާ ވާހަކަ ދެއްކުމަކީ ވަރަށް ނާދިރު ހާލަތެއްގައި މެނުވީ އީރާން ކުރާނެކަމެއް ނޫންކަމަށް ތަޖުރިބާކާރުން ދެކެއެވެ. ސުލްހައިގެ ވާހަކަތައް ފެށުމަށް ޓަކައި އެމެރިކާގެ ވަފްދާއި އީރާނުގެ ވަފްދުގެ ބޭފުޅޫން މިއަދުވަނީ އިސްލާމް އާބަދަށް ވަޑައިގެންފައެވެ. ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމް އާބާދުގެ ސެރީނާ ހޮޓަލުގައެވެ. އީރާނުގެ ވަފްދުގައި އިސްކޮށް ތިއްބެވީ އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް އާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއެވެ. އެމެރިކާގެ ވަފުދުގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޓްރަމްޕްގެ ދެ މަންދޫބުންކަމަށްވާ ޖެރިޑް ކުޝްނާ އާއި ސްޓީވް ވިޓްކޯފް އެވެ. އީރާން ބުނާގޮތުން އިސްލާމް އާބާދަށް ދިޔަނަމަވެސް ވާހަކަތައް ފަށާނީ އިސްރާއީލުން ލުބްނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމުންނެވެ. މި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ޓްރަމްޕް ވަނީ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އަށް ސިޓީއެއް ފޮނުވާފައެވެ. މިއާއެކު ހަމަލާތައްވަނީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް އެއްކޮށް ހުއްޓުމަކަށް އައިސްފައިނުވާކަމަށް ލުބްނާނުން ބުނެއެވެ. ޕާކިސްތާނުގެ ދިފާއީ ވަޒީރު ވިދާޅުވިގޮތުގައި ޕާކިސްތާނުގެ މައިގަނޑު މަގްސަދަކީ އެމެރިކާއާއި އީރާން އާ ދެމެދު ވާހަކަތައް މެދުނުކެނޑި ކުރިއަށްގެންދެވޭނެ މަގެއް ފަހިކުރުމެވެ. ވާހަކަތައް ހުއްޓުމަކަށް އަންނާނެފަދަ ކަންތައްތަކުން ސަލާމަތްވުމެވެ. ޔަހޫދީ އިސްރާއީލާ ގުޅިގެން ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށްފަހު މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި އީރާނުން ސިފަކުރާ އެމެރިކާގެ ޑިކްޓޭޓަރު ޓްރަމްޕް އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށީ މިދިޔަ ފެބުރުވަރީ 28 ވަނަ ދުވަހެވެ. މި ހަނގުރާމައިގާ އީރާން އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ބަލިކުރުމަށާ އަދި އީރާނުގެ ވެރިކަން ބަދަލުކުރުމުގައި އެމެރިކާއާއި އިސްރާއީލުވަނީ ނާކާމިޔާބު ވެފައެވެ. ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލީ އީރާނުން ހުށަހެޅި ހުރިހާ ޝަރުތުތަކާމެދު މަޝްވަރާތައް ފެށުމަށް އެމެރިކާ އެއްބަސްވެގެންނެވެ. މީގެތެރޭގައި އީރާނަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ލިބެންޖެހޭނެކަމާއި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ގެއްލުންތަކުގެ ބަދަލު ދޭންޖެހުމާއި މެދުއިރުމަތިން އެމެރިކާ އަސްކަރީ ބާރުތައް ބޭލުންފަދަ އީރާން ބޭނުންވާ ޕޮއިންޓްތައް ހިމެނެއެވެ. ނަމަވެސް މި ޕޮއިންޓްތަކާމެދު ދެފަރާތަށް ދާއިމީ ލެވެލްއެއްގައި އެއްބަސްވުމަކަށް އައުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ތަޖުރިބަކާރުން ދެކެއެވެ. ދެހަފްތާއަށް ހަމަލާތައް މެދުކަނޑާލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ