ޤައުމީ ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވި ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ސަލާމް ނުކުރައްވައި ވަޑައިގަތުމުން ކުރީގެ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަލްސާއަށް ވަޑައިގެންނެވި ފިރިހެން ބޭފުޅުން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ދެރަވިކަމަށެވެ. މައުމޫން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކާ ފަޚުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށްއުފާވި ކަމަށެވެ.
ރައީސް މައުމޫނު އެކްސްގައި ކުރެއްވި ޕޯސްޓް
ރާއްޖޭގައި ތިރީސް އަހަރު ވެރިކަންކުރެއްވި ރައީސް މައުމޫނު ފާހަގަކުރެވިފައިވަނީ، ދީނީ މެދުމިނެއްގެ ސިޔާސަތު ގެންގުޅުއްވި ވެރިއެއްގެ ގޮތުގައެވެ. މި ސަބަބަށްޓަކައި ދީނީ ބައެއް ކަންކަމުގައި އެހެން ދީނީ އިލްމުވެރިންނާއި ރައީސް މައުމޫނުގެ ރަޢުޔު ތަފާތުވާ ފަހަރުވެސް އާދެއެވެ.
ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ނަޒަރުގައި ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
ޖަލްސާގައި ގިނަ ފިރިހެން ބޭފުޅުން މެޑަމް ސާޖިދާ އާ ސަލާމް ނުކުރެއްވުމުން މައުމޫން ދެރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ