މޫސުން ގޯސްވުމުން މިއަދު ބާއްވަން އޮތް ކުޑަކުދިންގެ ހަވީރުވެސް ކެންސަލް

އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަން ސަރުކާރުން ނިންމި ކުޑަކުދިންގެ ފެސްޓިވަލް ކެންސަލްކޮށްފިއެވެ.
އެ އިވެންޓް ކެންސަލްކޮށްފައިވަނީ މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެންނެވެ.
ޔޫތު މިނިސްޓްރީން ބުނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވަން އުޅުނު "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ހަރަކާތްތައް މޫސުމާ ގޯސްވުމުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ބާއްވަން ރޭވި ހަވާއެރުވުމާއި މިއުޒިކު ޝޯ ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސް ދުވަސްވަރެކެވެ. މިއަދު މުޅި ރާއްޖެއަށް ވެސް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެންދުރު އެކެއް ޖެހުމާއި ހަމައަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ