އިންޖީނުގެ އެޅުމަށް ބިން ލިބިފައިވާ ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ފަށަނީ

އިންޖީނުގެ އެޅުމަށް ބިން ލިބިފައިވާ ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުންދާ 33 ރަށުގައި ހުރި އިންޖީނުގެ ތެރެއިން ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައިަކަމަށާއި އިންޖީނުގެތައް ހުންނަ ސަރަހައްދުގެ ގޮތުން އަޑުގަދަވުމާއި ދުމުގެ އަސަރުކުރުމުގެ ސަބަބުން އެކަމާ ރައްޔިތުން ކަންބޮޑުވާކަމަށެވެ. އަދި އިންޖީނުގެތައް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫޢޫތައް މިހާރުވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ ބިން ހިއްކައި ޖާގަ ލިބުންހާ އަވަހަށް އެ ރަށްރަށުގެ އިންޖީނުގެތައްވެސް މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލު ކުރާނެކަމަށެވެ.
"ބިން ހިއްކުމުގެ މަސައްކަތް ބައެއް ރަށްތަކުގަ ކުރަމުންވެސް އެބަދޭ. ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މިއަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްތަކުގަ އާ ޕަވަރ ހައުސްތައް އެޅުމުގެ މަސައްކަތް ފަށައިގަންނާނަން" ފަހުމީ ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައިވެސް ސްޓެލްކޯއިން ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި 3 އިންޖީނުގެއެއް މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ